
ނިކޯ ވިލިއަމްސް ބާސެލޯނާއަށް ގެންދިއުމުގެ ވާހަކަތައް ފެންމަތީގައި އޮށްވައި އެކަމަށް ބާރުލިބޭ ލަޕޯޓާގެ އިޝާރާތެއް
ބާސާގެ އެއްނަމްބަރު އަމާޒަކީ ނިކޯ, މިދިޔަ ސީޒަނުގައިވެސް ނިކޯ ގެންދަން ބާސެލޯނާއިން ވަނީ ފާރަލާފައި
ސްޕެއިންގެ ވިންގަރ ނިކޯ ވިލިއަމްސް ބާސެލޯނާއަށް ގެންދިއުމުގެ ވާހަކަތައް ވައިގައި ހިފާފައިވާ ދުވަސްކޮޅެއްގައި އެކަމަށް ބާރުލިބޭފަދަ އިޝާރާތެއް ކްލަބްގެ ރައީސް ހޮއާން ލަޕޯޓާ ދީފިއެވެ.
"ވަރަށް އެގްޒައިޓިން ސައިންނިންގ އަކަށް މަސައްކަތް ކުރަމުން މިދަނީ" އެސްޕަނިޔޯލްގެ ގޯލް ކީޕަރު ހޮއާން ގާސިއާގެ 'ޑީލް' ނިންމާލުމަށް ފަހު އިއްޔެ ކްލަބްގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ލަޕޯޓާ ބުނެފައި ވެއެވެ. ސްޕެއިންގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއިން މީގެ ކުރިންވެސް ވަނީ ނިކޯއަށް ފާރަލާފައެވެ.
2024ގެ ޔޫރޯއަށްފަހު މިދިޔަ ހޫނު މޫސުމުގައި ނިކޯ ހޯދަން ބާސެލޯނާއިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ނިކޯ އޭރު ބޭނުންވީ އޭނާ ކުޅެމުން އަންނަ ބިލްބާއޯގައި މަޑުކުރަން ކަމުގައި ރިޕޯޓްތައް ވަނީ ބުނެފައެވެ. އަދި އޭރު ނިކޯ ބާސެލޯނާގެ ކުޅުންތެރިއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެ ކަމުގެ މާލީ ޔަގީންކަމެއްވެސް ކްލަބަށް ދެވިފައެއް ނުވެއެވެ.
ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރުވެސް މިދިޔަ މަހު ވަނީ ބާސެލޯނާއާ އިތުރު ވިންގަރ އެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ. މަސްދަރުތައް ބުނާގޮތުން ބާސެލޯނާގެ އަމާޒުގެ ތެރޭގައި ނިކޯ ގެ އިތުރުން ޑޭވިޑް ލުއިޒް އަދި މާކަސް ރަޝްފޯޑްވެސް ހިމެނެއެވެ.
ނަމަވެސް ބާސެލޯނާގެ މައިގަނޑު އަމާޒަކީ ނިކޯއެވެ.ބައެއް ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު ޑެކޯ ވަނީ ފާއިތުވި ހަފްތާގައި ނިކޯގެ އެޖެންޓް ފީލިކްސް ޓެއިންޓާއާ ވެސް ބައްދަލުކޮށްފައެވެެ.
ރިއެކްޝަންސް






