ބީއެމްއެލްގެ ކާޑު ލިމިޓާއި ބޭރު ފައިސާ ދޫކުރުމުގެ އުސޫލުތަކަށް މުހިންމު ބަދަލުތަކެއް ގެނެސްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ކާޑުތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރެވޭ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ. މި ބަދަލުތަކަކީ ބޭންކަށް ލިބޭ ބޭރު ފައިސާ ވީހާވެސް ގިނަ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ފޯރުކޮށްދިނުމަށާއި، ނިޒާމުގެ ތެރެއިން ނަހަމަ ގޮތުގައި ބޭރު ފައިސާ ބޭނުންކުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކެކެވެ.
އިމިގްރޭޝަނާއެކު ޑިޖިޓަލް އިންޓަގްރޭޝަން: ބޭރުގައި ތިބޭއިރު އެކަނި ލިމިޓް އެކްޓިވްވުންބީއެމްއެލް އާއި މޯލްޑިވްސް އިމިގްރޭޝަނާ ދެމެދު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަންގެ ދަށުން، ރާއްޖެއިން ބޭރުގެ ޕީ.އޯ.އެސް އަދި އޭ.ޓީ.އެމް ތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް ދެން އެކްޓިވް ވާނީ ހަމައެކަނި ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުންނަ ވަގުތުތަކުގައެވެ. މިއާއެކު، ރާއްޖޭގައި ތިއްބަވާ ބޭފުޅުންގެ ކާޑު އެ ބޭފުޅުންނާ ނުލައި ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުންކުރުން ހުއްޓުމަކަށް އަންނާނެއެވެ.
ކިޔަވާ ކުދިންނަށް ޚާއްސަ ސްޓޫޑެންޓް ކާޑެއްރާއްޖެއިން ބޭރުގައި އަމިއްލަ ކާޑެއް ނެތި، ބެލެނިވެރިޔާގެ ކާޑު ބޭނުންކުރަމުންދާ ކިޔަވާ ކުދިންނަށް ޚާއްސަ "ސްޓޫޑެންޓް ކާޑު" ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ކާޑާއެކު ކިޔަވާ ކުދިންނަށް ކަނޑައެޅިފައިވާ ޚާއްސަ ލިމިޓް ލިބޭނެއެވެ. ސްޓޫޑެންޓް ކާޑު ދޫކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދީފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެއެވެ.
އޮންލައިން ވިޔަފާރި އާއި އީ-ކޮމާސް ލިމިޓްވިޔަފާރީގެ ބޭނުމަށް ބައެއް ފަރާތްތަކުން އަމިއްލަ ރުފިޔާ ކާޑު ބޭނުންކޮށްގެން ގިނަ އަދަދެއްގެ މުދާ އޮންލައިންކޮށް ގަންނަމުންދާތީ، ބޭންކުން ވަނީ ވަކި ސައިޓްތަކަކުން ވިޔަފާރިކުރެވޭނެ ޖުމްލަ އަދަދު ދުވަހު ބަޖެޓެއްގެ ތެރެއިން ކަނޑައަޅާފައެވެ. އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ސައިޓްތަކަށް މިވަގުތު ބަދަލެއް ނުގެންނާނެއެވެ.
މީގެ އިތުރުން، އީ-ކޮމާސް މުއާމަލާތްތައް ހަމަހަމަކުރުމުގެ ގޮތުން، ކޮންމެ ކަސްޓަމަރަކަށް މަހަކު ކުރެވޭނެ ޓްރާންސެކްޝަންގެ އަދަދު ވަނީ 30 އަށް ކަނޑައަޅާފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަހަކު 30 އަށް ވުރެ ގިނަ މުއާމަލާތް ކުރަނީ ކަސްޓަމަރުންގެ އެންމެ 3 އިންސައްތައަށް ވުރެ މަދު އަދަދެއްގެ ބަޔެކެވެ.
ޑޮލަރު އެކައުންޓްތަކާއި ކްރެޑިޓް ކާޑުގެ ލުއިތައްޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އެއްވެސް ލިމިޓެއް ނެތި ބޭނުންކުރެވޭނެ ކަމަށް ބޭންކުން ބުނެއެވެ. އަދި އެއް ކްރެޑިޓް ކާޑަށް ވުރެ ގިނަ ކާޑު ގެންގުޅުއްވާ ފަރާތްތަކަށް، ހުރިހާ ކާޑަކަށް އަހަރީ ފީ ނެގުމުގެ ބަދަލުގައި، ދެން ފީ ނަގާނީ ހަމައެކަނި އެއް ކާޑަށެވެ. މިއީ ހުރިހާ ކާޑަކުންވެސް ބޭނުންކުރެވެނީ ކަސްޓަމަރަށް ކަނޑައެޅިފައިވާ ޖުމްލަ އެއް ލިމިޓެއް ކަމަށްވާތީ ގެނައި ބަދަލެކެވެ.
ޓީޓީގެ ޚިދުމަތް ހަރުދަނާކުރުނީ މެދުވެރިކޮށް ބޭރު ފައިސާ ވިއްކުން ބޭންކް ހުޅުވިފައި ހުންނަ ގަޑިތަކަށް ހަމަޖައްސާފައިވީ ނަމަވެސް، އެކައުންޓުގައި ފައިސާ ހުރެގެން ފޮނުވާ ޓީޓީތައް ބަންދު ދުވަސްތަކާއެކު 24 ގަޑިއިރު ފޮނުވޭނެއެވެ. އަދި ޓީޓީތައް ސްޕްލިޓްކޮށްގެން (ބައިބައިކޮށްގެން) ފޮނުވާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކަށް ބޭރު ފައިސާ ވިއްކާނީ ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިންނެވެ.
ރިއެކްޝަންސް





