މެސީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ ދެވަނަ މިނިޓްގައި ޖެހި ގޯލާއެކު އިންޓަރމަޔާމީ މޮޅުކޮށްދީފި
މެސީ ގޯލް ކާމިޔާބުކުރުމަށްފަހު. ފޮޓޯ: އީއެސްޕީއެން

މެސީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ ދެވަނަ މިނިޓްގައި ޖެހި ގޯލާއެކު އިންޓަރމަޔާމީ މޮޅުކޮށްދީފި

2 days ago - 11:01
Mar 30, 2025 - 11:03

މޭޖަރ ސޮކާ ލީގުގެ އީސްޓަން ކޮންފަރެންސްގައި ހޮނިހިރު ދުވަހު އިންޓަރ މަޔާމީ އާއި ފިލިޑެފިއާ ޔޫނިއަން ބައްދަކުރި މެޗުގައި ބަދަލުކުޅުންތެރިއްގެ ގޮތުގައި އަރާ މެސީ ޖެހި ގޯލާއެކު އިންޓަރ މަޔާމީ ކާމިޔާބުކޮށްފިއެވެ. 2-1 ން މެޗު ކާމިޔާބުކުރުމާއި އެކު މަޔާމީއަށް ތާވަލްގެ އެއްވަނަ ވަނީ ލިބިފައެވެ.

މެސީގެ ގޯލް ފެނިގެން ގޮސްފައިވަނީ ކުޅެން ނިކުއިންތާ އެންމެ ދެވަނަ މިނިޓްގައެވެ. އޭރުވެސް އިންޓަރ މަޔާމީ އޮތީ އެއްގޯލްގެ ލީޑެއްގައެވެ. ޕެނަލްޓީ އޭރިއާގެ ކަނައަތްފަރާތުން ލުއިސް ސުއަރޭޒް ދިން ޕާހަށް ހަލުވިކޮށް އަރާ ފިލެޑެފިއާގެ ދެ ޑިފެނެޑާރުން ކައިރިން ނައްޓާލާ ކަނައަތު ފައިން ފޮނުވާލި ބޯޅަ އަމާޒުވީ ސީދާ ގޯލްގެ ދާގަނޑަށެވެ.ފިލެޑިފިއާއިން ގލެއް ކާމިޔާބު ކުރީ އޭގެ ފަހުންނެވެ.

މެޗަށްފަހު މަޔާމީގެ ކޯޗު ހާވިއާ މަޝެރާނޯ ބުނީ މެސީގެ އެނބުރިއައުން ވީހާވެސް ލުއިކޮށްދޭން އޭނާ ބޭނުންވި ކަމަށާއި އެއީ ކުރިއަށް އޮތްތަނުގައި އަނިޔާއެއް ވެދާނެކަމަށްޓަކައި ކަމުގައެވެ. އަނިޔާގެ ސަބަބުން މެސީއަށް ވޯލްޑްކަޕް ކޮލިފައިންސްގައި އަންގާރަ ދުވަހު އާޖެންޓީނާ އާއި ބްރެޒިލް ވާދަކުރި މެޗު ވަނީ ގެއްލިފައެވެ.

"އަހަރެމެން ބޭނުންވީ ލިއޯއަށް މިނިޓްކޮޅެއްދޭން. ގާތްގަނޑަކަށް 30 ނޫނީ 35 ވަރަކަށް މިނިޓް. އަހަރެމެންބޭނުންނޫން އޭނާ ރިސްކަކަށް ވައްޓާލާކަށް. ނަސީބަކުން ނިމުނުއިރު އަނިޔާގެ ކަމެއްނެތް. އެކަމާ އަހަރެމެން މިތިބީ އުފަލުން" މަޝެރާނޯ ބުނެފައި ވެއެވެ.

Advertisement
Advertisement

ހޮނިހިރު ދުވަހުގެ މެޗުގައި މެސީ ކުޅެން ނިކުތީ 55 ވަނަ މިނިޓްގައެވެ. އަދި ގޯލް ކާމިޔާބު ކުރީ މެޗުގެ 57 ވަނަ މިނިޓްގައެވެ. މިސީޒަންގައި އިންޓަރ މަޔާނީ ކުޅުނު ތިން މެޗުގައިވެސް މެސީގެ ގޯލް ކޮންޓްރިބިއުޝަން އެއް ހިމެނެއެވެ. މެސީ އަށް އަނިޔާވެފައިވަނީ މީގެ ދެ ހަފުތާ ކުރިން އިންޓަރ މަޔާމީ އާއި އެޓްލާންޓާ ބައްދަލުކުރި މެޗުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow