އަޒީޒާ މިސްކިތުގައި ޢީދު ނަމާދުކުރަން ކަނޑައެޅި އިމާމް މިސްކިތަށް ހާޒިރުނުވާތީ 5 އަހަރަށް ސަސްޕެންޑް!
މިއަދު ބަޔަކު ޢީދު ނަމާދަށް ދަނީ: މިހާރު ފޮޓޯ ފަޔާޒު މޫސާ

އަޒީޒާ މިސްކިތުގައި ޢީދު ނަމާދުކުރަން ކަނޑައެޅި އިމާމް މިސްކިތަށް ހާޒިރުނުވާތީ 5 އަހަރަށް ސަސްޕެންޑް!

12 months ago - 10:56
Mar 30, 2025 - 10:56
Advertisement
Advertisement

އަޒީޒާ މިސްކިތުގައި ޢީދު ނަމާދުކުރަން ކަނޑައެޅި އިމާމް މިސްކިތަށް ހާޒިރުނުވާތީ 5 އަހަރަށް ސަސްޕެންޑް ކުރަން އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު އަންގަވައިފިއެވެ.

ހުޅުމާލެ އަޒީޒާ މިސްކިތުގައި ޢީދު ނަމާދުކުރުމަށް އިމާމުކަން ޙަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ޖައްސާފައިވާ ފަރާތްވެސް މިއަދު  މިސްކިތަށް ހާޒިރުނުވެއެވެ. އެހެންވެ އެދެމީހުންނަށްވެސް ފިޔަވަޅު އަޅަން ވަނީ އަންގަވާފައެވެ.

"  އުޞޫލުގެ ތެރެއިން މައްސަލަ ބަލައި  5 އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ޚުޠުބާ ކިއުމުން ސަސްޕެންޑްކުރަން އަންގާފައިވާނެ. އިމާމުގެ ބަދަލު އިމާމު ގޮތުގައި ހަމަ ޖައްސާފައިވަނީ މިސްކިތުގައި ހުންނަ އަސްލު އިމާމުކަމުން، މިނިސްޓްރީއަށް ނާންގައި ޖަމާޢަތަށް ހާޒިރުނުވާތީވެ އެމައްސަލަ ވެސް ވަކިން ބަލައި އުޞޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ވެސް ވަނީ ކަމާބެހޭ ޔުނިޓަށް އަންގާފަ." މިނިސްޓަރ ވިދާޅުވިއެވެ.

އެމިސްކިތުގެ އިމާމުން ނުދިއުމުން ބޭރު މީހަކު ވަނީ ޢީދު ނަމާދުކޮށް، ޚުޠުބާ ކިޔާފައެވެ. ޚުޠުބާކީ ޢަރަބި ބަހުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement