
ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅޭތީ ރައީސް ޞާލިހުގެ މަރުޙަބާ
ކުރީގެ ރައީސް ނަޝީދުވެސް އެނބުރި އެމްޑީޕީއާ ގުޅެން ވަނީ ނިންމާފަ
އެމްޑީޕީ ދޫކޮށް, ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދި ފަރާތްތަކުން އެނބުރި އެމްޑީޕީއާ ގުޅެން ނިންމުމުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅެން ޑިމޮކްރެޓްސްގެ ނެޝަނަލް އެސަމްބްލީން އިގުރާރުވުމާއެކު, އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލިހުގެ ނުރަސްމީ ބައްދަލުވެއްގައި ރޭ މަޝްވަރާކުރުމަށްފަހު ކުރީގެ ރައީސް ނަޝީދާއި, ޑިމޮކްރެޓްސްގެ މެމްބަރުންނަށް މަރުހަބާ ކިޔަން ތައްޔާރަށް އޮތްކަން އެމްޑީޕީން ވަނީ ރޭ ނޫސްބަޔާނެއް މެދުވެރިކޮށްވެސް ހާމަކޮށްފައެވެ.
މިއަދު ކުރީގެ ރައީސް ޞާލިހު އެކްސްގައި ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ
އާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް މަރުޙަބާ ދަންނަވާ ކަމަށެވެ. އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ، ރައްޔިތުންގެ މަޞްލަޙަތު އަބަދުވެސް އިސްކުރާ ބަޔަކަށް އަޅުގަނޑުމެން ވުމަށް އެމަނިކުފާނު ގޮވާލައްވާފައި ވެއެވެ.
“ހުރަސްތަކާ ދިމާވެދާ ޢަދަދުނުވާނެ ދަތިތަކުން، ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރާން.
ޤައުމިއްޔަ އިލްތިމާސުތަކަށް ޢަމަލުކުރާށެ ހެޔޮހިތުން، އަބަދު ކުރާށެ ހިތްވަރެއް ހިނގާނެ އާމަގެއް ކޮށާން.” ޞާލިހު އެކްސްގައި ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ރައީސް ޞާލިހުގެ ޓްވީޓްގައި އެމަނިކުފާނު ރާއްޖެ ޓީވީއަށް ދެއްވި އިންޓަރވިއުއެއްގެ ކްލިޕެއްވެސް ހިމަނުއްވާފައި ވެއެވެ. ވިދާޅުވެފައިވަނީ މިއީ ހަމަ އަޅުގަނޑުމެން އެންމެންގެ ޕާޓީއެއް ކަމަށާއި, އެންމެން އެކީގައި އުފައްދާފައިވާ ޕާޓީއެއް ކަމަށެވެ. ޒާތީހުރި މައްސަލަތައް އެކަހެރި ކުރެވޭނެ ކަމަށެވެ. އަޅުގަނޑުމެން މިކުރި މަސައްކަތްތައް އަދި ނުނިމޭ ކަމަށް ވިދާޅުވެ އެނބުރި އައުމަށް ގޮވާލައްވާފައި ވެއެވެ.
ޑިމޮކްރެޓްސް އުފެދުނީ ރައީސް ޞާލިހާއި ރައީސް ނަޝީދާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ މައްސަލަތަކަށް ފަހުއެވެ.
ރިއެކްޝަންސް






