
އަލޮންސޯ އަދި ޓްރެންޓް އާއެކު ރެއާލްގެ ފުރަތަމަ މެޗުން އަލް ހިލާލް އަތުން ލިބުނު ޕޮއިންޓެއް
ރެއާލްގެ އާ ކޯޗު ޒަބީ އަލޮންސޯ އާއި ލިވަޕޫލްއިން ދާދި ފަހުން ރެއާލް މެޑްރިޑަށް ބަދަލުވި ޓްރެންޓް އަލެކްސަންޑަރ-އާނޯލްޑްގެ ފުރަތަމަ މެޗުގައި އަލް- ހިލާލްއަތުން ޕޮއިންޓެއް ހޯދައިފިއެވެ. ފީފާ ކްލަބް ވޯލްޑް ކަޕްގައި މަޔާމީގެ ހާޑްރޮކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ.
ގްރޫޕް އެޗް ގައި ދެޓީމުގެ ވެސް ފުރަތަމަ މެޗުގައި އާނޯލްޑްވެސް ކުޅުމުގެ ތެރޭގައި ރަނގަޅަށް ޝާމިލްވެގެން އުޅުނެވެ. މެޗަށްފަހު އަލޮންސޯ ވަނީ އޭނާ ޓީމާއެކު ގެންނަންވާ ބަދަލުތަކަށް "ވަގުތު ނަގާނެ" ކަމަށާއި އެކަމުގައި ކެތްތެރިވުމަށް އެދިފައެވެ.
މެޗުގައި ލީޑު ނެގީވެސް ރެއާލުންނެވެ. 34 ވަނަ މިނިޓްގައި ރެއާލްގެ ގޯލް ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައި ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ ގޮންޒާލޯ ގާސިއާއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލް- ހިލާލްއިން ނަތީޖާ އެއްވަރުކުރީ ލިބުނު ޕެނަލްޓީއެއްގައި ރުބެން ނެވޭސް އެވެ. ރެއާލް އަށްވެސް މެޗު ނިމެންދަނިކޮށް ޕެނަލްޓީއެއް ލިބި ތިން ޕޮއިންޓް ހޯދުމުގެ ފުރުޞަތު ލިބުން ނަަމަވެސްފެޑްރީކޯ ވަލްވާޑޭ ފޮނުވާލީ ބޯޅަ އަލް-ހިލާލްގެ ކީޕަރު ޔަސިން ބުއޯނީ ވަނީ ދިފާއުކޮށްފައެވެ.
މެޗަށްފަހު އަލޮންސޯ ބުނީ ފުރަތަަމަ ހާފުގައި ޓީމުގެ ބެލެންސް ކުޑަކޮށް ގެއްލުނު ކަމަށާއ, ދެވަނަ ހާފުގައި އެކަން ރަނގަޅުކޮށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. އަދި ކާމިޔާބީ އަކީ 'ޕްރޮސްސް' އެއް ކަމަށާއި, ކޮންމެ މެޗެއްގެވެސް ރަނގަޅު ކަންތައްތަކާއެކު ޖެހިގެން އަންނަ މެޗު ރަނގަޅު ކުރެވޭނެކަމަށެވެ.
ތައްޓެއް ނުލިބި ރެއާލުން ނިންމާލި ސީޒަނަށްފަހު ކުރީގެ ކޯޗު އަންޗޮލެއްޓީގެ މަޤާމަށް ބަޔާނުން ލެވަކޫސައިން ރެއާލަށް ބަދަލުވި އަލޮންސޯއާއެކު ރެއާލްގެ ފުރަތަމަ ޓްރެއިނިން އޮތީ މިމަހު 9 ވަނަ ދުވަހުއެވެ.
ރެއާލް އާއެކު ކުޅުނު ފުރަތަމަ މެޗަށްފަހު ހިތްހަމަ ޖެހިފައިފައި ހުރި އާނޯލްޑްބުނީ އޭނާގެ ފުރަތަމަ މެޗާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި މިއީ ކޮންމެ ކުޅުންތެރިއަކުވެސް ދެކޭ ހުވަހެނެއް ކަމަށެވެ. އަދި ރެއާލް އާ ގުޅުނު ވަގުތުން ފެށިގެން އޭނާއަށް ސަޕޯޓަރުންގެ ލޯބި އިޙްސާސްވާން ފަށައިފި ކަމަށްވެސް އާނޯލްޑް ބުނެފައި ވެއެވެ.
މުބާރާތުގައި ރެއާލް ކުޅޭ ދެވަނަ މެޗުގައި އަންނަ އަންގާރަ ދުވަހު ބައްދަކުރާނީ މެކްސިކޯގެ ކްލަބް ޕަޗޫކާ އާއެެވެ.
ރިއެކްޝަންސް






