އަމާން އުދަރެސް އަދި ދޯދި ޓަވަރުތަކުން ހުށަހެޅި ޝަކުވާތަކުގެ 87 ޕަސެންޓް ހައްލުކޮށްފި: އެފްޑީސީ

އަމާން އުދަރެސް އަދި ދޯދި ޓަވަރުތަކުން ހުށަހެޅި ޝަކުވާތަކުގެ 87 ޕަސެންޓް ހައްލުކޮށްފި: އެފްޑީސީ

6 hours ago - 09:38
Advertisement
Advertisement

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން މިހާތަނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 87 ޕަސެންޓް ކަންކަމަށް ދާއިމީ ހައްލެއް ހޯދައިދީފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

އެ ކޯޕަރޭޝަންގެ ކަސްޓަމާ ރިލޭޝަންޝިޕް މެނޭޖްމަންޓް (ސީއާރުއެމް) ނިޒާމުގެ ތަފާސްހިސާބުތަކާ ހަވާލާދީ ނެރުނު ބަޔާނެއްގައި ބުނީ، ފަހި ޕޯޓަލް އާއި އީމެއިލް އަދި ރިސެޕްޝަން މެދުވެރިކޮށް ޖުމްލަ 7,749 ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 6,746 މައްސަލައަކަށް މިހާރު އެކަށީގެންވާ ހައްލެއް ގެނެސްދެވިފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ. ބާކީ ހުރި މައްސަލަތައް އަވަހަށް ހައްލުކުރުމަށް ފަންނީ ޓީމުތަކުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

އާންމުން އެންމެ ގިނައިން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ ފެން ލީކުވުން ފަދަ އެޕާޓްމަންޓްތަކުގެ ޓެކްނިކަލް މައްސަލަތަކާއި، ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމާއި މައުލޫމާތު އަދާހަމަކުރުމާ ގުޅޭ ކަންކަމެވެ. މީގެ އިތުރުން ޔުނިޓްތަކަށް ގެންނަން އެދޭ ބަދަލުތަކާއި، ލިފްޓުތަކާއި އާންމު ސަރަހައްދުތަކުގެ ހިދުމަތްތައް ރަނގަޅުކުރުމާ ގުޅޭ ހިޔާލުތައްވެސް ހިމެނެއެވެ.

އެފްޑީސީން ބުނީ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، 24 ގަޑިއިރު ހިދުމަތް ދޭނެ ހާއްސަ ކޯލް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެ ކޯޕަރޭޝަންގެ އަމާޒަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ހިތްހަމަޖެހޭ އަދި އަމާން ދިރިއުޅުމުގެ މާހައުލެއް ކަށަވަރުކޮށްދިނުން ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement