ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބޭއްވި ޢީދު ހަރަކާތުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންފި

ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބޭއްވި ޢީދު ހަރަކާތުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންފި

3 hours ago - 20:41
Mar 21, 2026 - 21:23
Advertisement
Advertisement

ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި، މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުގެ ޔަންގް ލީޑަރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޢީދު ޕްރޮޖެކްޓްގެ ހަރަކާތްތަކުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.


މި ހަރަކާތަކީ 2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ވަޅު ޢީދު ދުވަހު، ގަރލް ގައިޑްސް އެސޯސިއޭޝަނުން މެދުނުކެނޑި ކުރިއަށްގެންދާ ޚާއްޞަ ޕްރޮޖެކްޓެކެވެ. މިއަހަރަކީ މި ޕްރޮޖެކްޓް ކުރިއަށްގެންދާ 27 ވަނަ އަހަރެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ކ. ގުރައިދޫ މަރުކަޒުގައި ތިބޭ ފަރާތްތަކާ އެކު ޢީދުގެ އުފާ ހިއްސާކުރުމާއި، އެ ފަރާތްތަކަށް ޢީދު ހަދިޔާ ދިނުމެވެ.


މި ދަތުރުގައި ބައިވެރިވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ މަރުކަޒުގައި ތިއްބެވި ފަރާތްތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކާއެކު ވަގުތު ހޭދަކުރައްވާފައެވެ. އަދި އެ ފަރާތްތަކަށް ޢީދު ހަދިޔާ ބަދަލުކުރައްވައި، އެ މީހުންގެ ހާލުއަހުވާލު އޮޅުންފިލުއްވެވިއެވެ.


މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ ޔަންގް ލީޑަރުން އިސްނަގައިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓަކީ މުޖުތަމަޢުގައި ތިބި އަޅާލުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އުފާވެރިކަން ގެނެސްދިނުމަށް ކުރިއަށްގެންދާ ނަމޫނާ ހަރަކާތެކެވެ. ކޮންމެ އަހަރެއްގެ ވަޅު ޢީދު ދުވަހު ގުރައިދޫ މަރުކަޒަށް ޒިޔާރަތްކޮށް، އެތަނުގެ ބަލިމީހުންނާއެކު އުފާވެރި މާޙައުލެއް ބިނާކުރުމަކީ އެ އެސޯސިއޭޝަނުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ.

Advertisement
Advertisement

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement