އިންތިޚާބަށް ތައްޔާރުވުމަށް ޕީއެންސީގެ ޤާނޫނީ ޓީމުން ފުވައްމުލަކުގައި ޚާއްޞަ ސެޝަނެއް ބާއްވައިފި
ކުރިއަށް އޮތް އިންތިޚާބްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށާއި، ކެމްޕެއިން ހަރަކާތްތަކުގައި ސަމާލުކަން ދޭންޖެހޭ ޤާނޫނީ ކަންކަމަށް ހޭލުންތެރިކުރުވުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޤާނޫނީ ޓީމުން ފުވައްމުލައް ސިޓީގައި ޚާއްސަ ސެޝަނެއް ބާއްވައިފިއެވެ.
މިކަމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން (އިއްބެ) ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ސެޝަނަކީ ފުވައްމުލައް ސިޓީ ދެކުނު ދާއިރާގެ ކެމްޕެއިން ޓީމުތަކަށް އަމާޒުކޮށްގެން ބޭއްވި ޚާއްސަ ސެޝަނެއް ކަމަށެވެ. އަދި މި ސެޝަންގައި އެ ޓީމްތަކަށް އިރުޝާދީ، އިންތިޚާބާ ގުޅުންހުރި މުހިންމު ބައިތަކަކަށް އަލިއަޅުވާލާފައިވާ ކަމަށެވެ. އެގޮތުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ޤާނޫނީ އެއްވެސް ހުރަހެއް ނެތްކަން ޕީއެންސީގެ ޤާނޫނީ ޓީމުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް... - MP Ibrahim Hussain | Facebook
މީގެ އިތުރުން، މި ބައްދަލުވުމުގައި އިންތިޚާބުތަކާ ގުޅުންހުރި މުހިންމު ޤާނޫނީ އުޞޫލުތަކާއި، ކެމްޕެއިން ކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތަކުގެ މަޢުލޫމާތު ކެމްޕެއިން ޓީމުތަކާ ހިއްސާކުރެވުނެވެ. މި ސެޝަނުގެ ސަބަބުން، އިންތިޚާބާ ގުޅުންހުރި ޤާނޫނީ އެކި މައްސަލަތަކުގައި ފުވައްމުލައް ސިޓީ ދެކުނު ދާއިރާގެ ކެމްޕެއިން ޓީމުތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި ސާފުކަން ލިބިގެންގޮސްފައިވާ ކަމަށް މެންބަރު އިއްބެ ވިދާޅުވިއެވެ.
ޕީއެންސީން އަންނަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއި ގުޅިގެން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ.
އެގޮތުން، ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާއި، އެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ޕީއެންސީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންވަނީ ފުވައްމުލަކު ސިޓީގެ ގޭގެއަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާފައެވެ.
މި ހަރަކާތަކީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށާއި، ދައުލަތުގެ މުހިންމު ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.
މި ޒިޔާރަތުގައި މަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ޕީއެންސީގެ އިސް ބޭފުޅުން ވަނީ ފުވައްމުލަކުގެ އެކި އަވަށްތަކުގެ ގޭގެއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ރާއްޖޭގައި މިހާރު އޮތް އިންތިޚާބީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި ގެނެވިދާނެ ބަދަލުތަކާ ގުޅޭގޮތުންނެވެ.
މި ހަރަކާތްތަކަކީ، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށާއި، ދައުލަތުގެ މުހިންމު ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
ރިއެކްޝަންސް



