41 އަހަރުގައި ޕެޕޭ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި
ޕެޕޭ ކެރިއަރުގެ އެންމެ ފަހު މެޗަށްފަހު ސަޕޯޓަރުންނާ ސަލާމް ކުރަނީ

41 އަހަރުގައި ޕެޕޭ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ރެއާލް މެޑްރިޑަށް 10 އަހަރު ކުޅުނު

1 month ago - 22:37
Aug 10, 2024 - 09:20

ދުނިޔެ ދުށް އެންމެ ކާމިޔާބު އެއް ޑިފެންޑަރު ޕެޕޭ 41 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ. ޕެޕޭ ކުޅުން ހުއްޓާލީ މަތީ ފެންވަރުގައި އެންމެ ފަހު މެޗުވެސް ކުޅުމަށް ފަހުއެވެ.

ޕެޕޭގެ ކެރިއަރުގެ އެންމެ ފަހު މެޗަކީ މިދިޔަ މަހު ނިމުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސް އަތުން ޕޯޗްގަލް ޕެނަލްޓީ ޖަހައިގެން ބަލިވި މެޗެވެ. އެމެޗަށްފަހު ވަރަށް ބޮޑަށް ރުއި ޕެޕޭ ކެރިއަރާ މެދު ވަކި އެއްޗެއް ނުބުނެ, ކުޅުން ހުއްޓާލިކަން އިއުލާނު ކުރީ މިއަދުއެވެ. ޔޫރޯގައި ޕޯޗްގަލް ޓީމަށް އެންމެ މޮޅަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި ޕެޕޭ ހިމެނެއެވެ. ޕެޕޭ ވަނީ ގައުމީ ޓީމަށް 141 މެޗު ކުޅެދީފައެވެ. 2016 ވަނަ އަހަރު ޔޫރޯ ހޯދި ޓީމްގައި މުހިއްމު ދައުރެއް އަދާކުރިއެވެ. ގައުމީ ޓީމަށް ތިންވަނަ އަށް އެންމެ ގިނަ މެޗު ކުޅެދިނީ ޕެޕޭ އެވެ. 

ޕެޕޭގެ ކާމިޔާބު ކެރިއަރުގެ އެންމެ މުހިއްމު ސަފްހާއަކީ ރެއާލް މެޑްރިޑްގައި ހޭދަކުރި 10 އަހަރެވެ. އެކްލަބާއެކު ތިންފަހަރު ޗެމްޕިއަންސް ލީގު އަދި 3 ފަހަރު ލަލީގާ އުފުލާލި އެވެ. އެންމެ ފަހުން ކުޅުނީ ޕޯޗްގަލްގެ ޕޯޓޯ އަށެވެ. އެކްލަބަށް މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގައި ޖަހައިދިން ލަނޑާއެކު, އެމުބާރާތުގެ ތާރީޚުގައި ލަނޑު ޖެހި އެންމެ ދޮށީ ކުޅުންތެރިއަކީ ވެސް ޕެޕޭ އެވެ. ކާޑާ ރަށްޓެހި ޕެޕޭ ވަނީ ކުޅުން ހުއްޓާލިކަން އިއުލާނު ކުރަން 33 މިނިޓްގެ ވީޑިއޯއެއް ހިއްސާކޮށްފައެވެ. އޭނާގެ ކެރިއަރުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow