ދެވަނަ ކްއާޓަރުގައި އާސަންދައަށް ކުރި ޚަރަދާއި, ޚިދުމަތް ހޯދި މީހުންވެސް އިތުރު- އާސަންދަ
އާސަންދައިން ޚިދުމަތް ހޯދާ މީހުންގެ އަދަދު ވަނީ އިތުރު

ދެވަނަ ކްއާޓަރުގައި އާސަންދައަށް ކުރި ޚަރަދާއި, ޚިދުމަތް ހޯދި މީހުންވެސް އިތުރު- އާސަންދަ

މިދިޔަ އަހަރަށްވުރެ ޚިދުމަތް ހޯދި މީހުން އިތުރު

1 month ago - 13:48
Aug 8, 2024 - 13:52
Advertisement

މިއަހަރުގެ ދެވަނަ ކްއާޓަރުގައި އާސަންދައަށް ކުރި ޚަރަދާއި, ޚިދުމަތް ހޯދި މީހުންގެ އަދަދު ވެސް އިތުރު ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާގެ ކަންކަން ހަމަޖައްސާ ކުންފުނިން ޢާއްމުކރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ދެވަނަ ކްއާޓަރުގައި އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާ ކުރުމަށް 823 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އެކުންފުނިން ބުނީ މި ހިނގާ 2024 ވަނަ އަހަރުގެ އެޕްރީލު 1 ވަނަ ދުވަހުން ފެށިގެން ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް އާސަންދަ ސްކީމްގެ ދަށުން ބްލޮކް ކުރެވިފައިވާ ޖުމުލަ ޚަރަދަކީ 823 މިލިއަން ދިވެހި ރުފިޔާ ކަމަށެވެ.  މިއީ ފާއިތުވީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %11.5 ގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ބޭސްފަރުވާއަށް ހޭދަކުރީ  738 މިލިއަން ރުފިޔާއެވެ. 

މި އަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން 265,059 މީހުން ވަނީ ޚިދުމަތް ހޯދާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދަ މެދުވެރިކޮށް ޚިދުމަތް ހޯދީ 260,725 މީހުންނެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމްގެ ދަށުން 1،232 ފަހަރަށް ބަލިމީހުން އިމަޖަންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ގެންދިޔަ ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ. އަދި  2،807 ބަލިމީހުން ވަނީ، ސްކީމްގެ ދަށުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވާ ކަމަށްވެސް ބުންޏެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement