މިނިސްޓަރ ޝަހީމަށް ފުރައްސާރަކޮށް, ހަގީގަތާ ހިލާފް ވާހަކަ ފެތުރުން ޕީއެންސީން ކުށްވެރިކޮށްފި
އިސްލާމިކް މިނިސްޓަރ ޝަހީމް

މިނިސްޓަރ ޝަހީމަށް ފުރައްސާރަކޮށް, ހަގީގަތާ ހިލާފް ވާހަކަ ފެތުރުން ޕީއެންސީން ކުށްވެރިކޮށްފި

ޕީއެންސީން ވަނީ ބަޔާނެއް ނެރެފަ

1 month ago - 23:50
Aug 10, 2024 - 09:19
Advertisement

އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު  ޝަހީމް އަލީ ސައީދަށް ފުރައްސާރަކޮށް, ހަގީގަތާ ހިލާފް ވާހަކަ ފެތުރުން ޕީއެންސީން ކުށްވެރިކޮށްފި އެވެ.

ޕީއެންސީން މިރޭ ޢާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ މިނިސްޓަރ ޝަހީމްގެ އަބުރުފުޅު ނަގާލުމުގެ ބޭނުމުގައި ސޯޝަލް މީޑިޔާގެ އިތުރުން ބައެއް މީޑިޔާ ތަކުން ހަގީގަތާ ހިލާފް ދޮގު ވާހަކަތަކެއް ފަތުރަމުން ގެންދާ ކަމަށެވެ. އެކަން ކުށްވެރިކޮށް ބަޔާނުގައި ބުނެފައިވަނީ ޑރ.ޝަހީމަކީ މުޅި އިސްލާމީ ދުނިޔޭގައިވެސް ނަން ހިނގާ މަޝްހޫރު އަދި އިސްލާމީ ދައުލަތްތަކުން އެމަނިކުފާނުގެ ޚިދުމަތުގެ އަގު ވަޒަންކުރާ ޚުލުގު ހެޔޮ, ދީނީ ލީޑަރެއް ކަމަށެވެ. ޑރ.މުއިއްޒުގެ ދީނީ ސިޔާސަތުތައް ކުރިއެރުވުމަށް މިނިސްޓަރު ޝަހީމް ކުރައްވާ މަސައްކަތްތައްވެސް ވަނީ ފާހަގަކުރައްވާފައެވެ.

ބަޔާނުގައި ބުނެފައިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގެ ދީނީ އިސްލާމިކް މިނިސްޓްރީއާ ގުޅުންހުރި ކަންކަން ފުރިހަމަ ކުރުމުގައި މިނިސްޓަރ ޝަހީމް ކާމިޔާބީ ހޮއްދަވަމުން ގެންދަވާ ކަމަށެވެ. ޕީއެންސީގެ ބަޔާނުގައި ބުނެފައިވަނީ ޑރ.ޝަހީމަކީ ފުރައްސާރަކޮށް ހަގީގަތާ ހިލާފް ދޮގު އިލްޒާމްތަކުން ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެއީ ދީނީ އިލްމް އުގެނިވަޑައިގެން ހުންނެވި އަޒުމް ވަރުގަދަ ލީޑަރެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ޑރ.ޝަހީމްގެ ދިފާއުގައި ޕީއެންސީން ބަޔާން ނެރެފައި މިވަނީ އެމަނިކުފާނުގެ އަބުރު ކަތިލުމަށް ވީޑިއޯއެއް ހަދާ ޢާއްމުކޮށްފައި ވަނިކޮށެވެ. އަދި ވީޑިއޯ ޢާއްމު ކުރި ފަރާތުންވެސް ވަނީ އެއީ ފޭކް ވީޑިއޯއެއް ކަމަށް ފަހުން ބުނެފައެވެ. ޝަހީމްގެ ދިފާއުގައި ސަރުކާރާ އެއްކޮޅު އަދި އިދިކޮޅު ފަރާތްތަކުންވެސް ގެންދަނީ ބަސް ބުނަމުންނެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement