ހަންކެޑެ ބްރިޖާއެކު އިންޑިޔާގެ އެހީގައި އައްޑޫގައި ހިންގި ބައެއް މަޝްރޫއުތައް  ނިންމާ ހަވާލުކޮށްފި
ބްރިޖް ހުޅުއްވައިދެއްވަނީ: ފޮޓޯ-ކޮންސްޓްރަކްޝަން މިނިސްޓްރީ

ހަންކެޑެ ބްރިޖާއެކު އިންޑިޔާގެ އެހީގައި އައްޑޫގައި ހިންގި ބައެއް މަޝްރޫއުތައް ނިންމާ ހަވާލުކޮށްފި

ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުވެސް ނިންމާލައިފި

1 month ago - 15:07
Aug 12, 2024 - 12:32
Advertisement

ހަންކެނޑެ ބްރިޖާއެކު އިންޑިޔާގެ އެހީގައި އައްޑޫގައި ހިންގި ބައެއް މަޝްރޫއުތައް  ނިންމާ ހަވާލުކޮށްފި އެވެ.

 އައްޑޫ ސިޓީގައި އިންޑިޔާގެ އެހީގައި ހިން ބައެއް މަޝްރޫއުތައް ނިންމާ ހަވާލުކުރީ އެގައުމުގެ އެކްސްތަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު އިންޑިޔާއަށް މިއަދު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ރާއްޖެއަށް ޖައިޝަންކަރު ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީއަށް ވަޑައިގެންނެވީ މިއަދުއެވެ.

ހަންކެނޑެ ބްރިޖްގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކޮށް ބިން ހިއްކުމުގެ މަޝްރޫއެވެ. ހިތަދޫގައި އާޓިފިޝަލް ބީޗެއްވެސް ވަނީ ތަރައްގީ ކޮށްފައެވެ. މީގެއިތުރުން އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ދެ މަޝްރޫއު ކުރިއަށް ގެންދިޔައީ އިންޑިޔާގެ ދެ ކުންފުންޏަކުންނެވެ.

Advertisement

ހަންކެނޑެ ބްެރިޖަކީ މާލެ ފިޔަވާ ރާއްޖޭގެ ރަށެއްގައި އެޅި ފުރަތަމަ ބްރިޖެވެ. އެބްްރިޖް ގުޅާލާފައި ވަނީ ގައުކެޑި އިން މަރަދޫ އަށެވެ.

ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 190 ހެކްޓަރުގެ ބިން އައްޑޫ ސިޓީއަށް އިތުރު ކުރިއެވެ. މިދިޔަ ސަރުކާރުން އައްޑޫގައި ހުޅުވި ޕޮލިސް ކޮލެޖަކީވެސް އިންޑިޔާ ސަރުކާރުގެ އެހީއެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement