ޔާމީނަކީ ތަންދޮރު ނުދަންނަ, ކަންނެތް ބޭފުޅެއް- އަބްދުއްރަހީމް
އަބްދުއްރަހީމް އަބްދުالله ވާހަކަ ދައްކަވަނީ

ޔާމީނަކީ ތަންދޮރު ނުދަންނަ, ކަންނެތް ބޭފުޅެއް- އަބްދުއްރަހީމް

ކުރިން ޔާމީނަށް ތައުރީފް ކުރެއްވި

20 days ago - 08:15
Advertisement

ކުރީގެ ރައީސް އަބްދުالله ޔާމީނަކީ ތަންދޮރު ނުދަންނަ, ކަންނެތް ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީއަށް ރޭ ދެއްވި އިންޓަރވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ  ޔާމީނަކީ ވަރަށް ސްމާރޓް ބޭފުޅެއްކަމަށް ކުރިން ހީފުޅު ކުރެއްވި ކަމަށެވެ. ސިޔާސި މަސައްކަތުގައި މިވެރިކަމާ ހަމައަށް ރައީސް ޔާމީނުގެ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި އަބްދުއްރަހީމް ވިދާޅުވީ ޔާމީނަކީ ތަންދޮރު ނުދަންނަ ބޭފުޅެއްކަން އެނގިވަޑައިގަތީ މިހާލަތަށް އައުމުން ކަމަށެވެ. ރައީސް ޔާމީނު މިހާރު ގެންދަވަނީ މިސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުންނެވެ. އޭގެތެރޭގައި ރައީސް ޑރ.މުހައްމަދު މުއިއްޒުއާއި އަބްދުއްރަހީމް އަށް އަމާޒުކުރައްވާ ފާޑުކިއުން ހިމެނެއެވެ.

"ޔާމީނަކީ ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެއް, ސިޔާސީ ގޮތުން ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެއް ޔާމީނަކީ" އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ ޔާމީނަކީ ވަރަށް ކަންނެތްވެސް ބޭފުޅެއް ކަމަށެވެ. ވިދާޅުވީ ޔާމީނަކީ އަމިއްލަ މަސައްކަތުން ސީޔާސީ ޕްލެޓްފޯމެއް ކުރިއޭޓް ކުރެއްވި ބޭފުޅެއް ނޫން ކަމަށެވެ. އަދި އެއީ އަމިއްލަ މަސައްކަތުން ސިޔާސީ މަގާމެއް ހޯދި ބޭފުޅެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ޔާމީނަކީ ވަރަށް ކަންނެތް މީހެއް ކަމަށެވެ.

Advertisement

" އަޅުގަނޑުމެންގެ މަސައްކަތުން ސިޔާސީ ޕްލެޓްފޯމެއް ހޯދައިދިނީ" އަބްދުއްރަހީމް ވިދާޅުވިއެވެ. ޕީއޭ އުފެއްދި އިރު އެންމެ ރަށަކަށް އެންމެ ފޯމެއް ފުރަންވެސް ޔާމީނު ވަޑައި ނުގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މީގެއިތުރުން އަބްދުއްރަހީމް ވަނީ ރައީސް ޔާމީނު ގެ ހައްދަވަނީ ކޮންތާކުން ހޯދި ފައިސާއަކުންތޯވެސް ސުވާލު އުފައްދަވާފައެވެ. ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރެއްވިއިރު ޔާމީނު އަތުގައި ފައިސާ ނެތް ކަމަށެވެ. ކެމްޕެއިން ކުރެއްވީވެސް މީހުން އަތުން ދަރަންޏަށް ފައިސާ ނަންގަވައިގެން ކަމަށް ވިދާޅުވިއެވެ. އެކަމަކު ފަސް އަހަރުގެ ވެރިކަން ނިންމަވާ ވަޑައިގެންނެވިއިރު ތިން ހަތަރު ސަތޭކަ މިލިއަން ރުފިޔާ އެކައުންޓަށް ވަނީ ޚިއްވެތޯ އަބްދުއްރަހީމް ވަނީ ސުވާލު ކުރައްވާފައެވެ. 

ލޯނެއް ނެގުމެއް ނެތި ސޯޅަ ބުރީގެ އިމާރާތެއް މާލޭގައި ނަގާއިރު ރައްޔިތުން ސުވާލު އުފައްދަން ނުޖެހޭތޯ އަބްދުއްރަހީމް ވަނީ އަސްވާފައެވެ. މީގެކުރިން އަބްދުއްރަހީމް ގެންދެވީ ޔާމީނު ދިފާއު ކުރައްވަމުންނެވެ. އެމްއެމްޕީއާރުސީގެ ފައިސާގައިވެސް ޔާމީނު ޖެހިވަޑައި ނުގަންނަވާ ކަމަށް ސާފްކޮށް ވިދާޅުވަމުން ގެންދެވިއެވެ. ޔާމޫނުގެ މައްޗަށް އޮތް ހުކުމަކީވެސް ސައްހަ ހުކުމެއް ނޫންކަމަށް ވިދާޅުވެ ވަކާލާތު ކުރައްވަމުން ގެންދެވިއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement