އަތުލައިގަން މަސްތުވާތަކެއްޗާ ގުޅުން ނެތުމުން ފުވައްމުލަކުން ހައްޔަރުކުރި އަންހެންމީހާ ދޫކޮށްލައިފި
އަތުލައިގަން މަސްތުވާތަކެއްޗާ ގުޅުން ނެތުމުން ފުވައްމުލަކުން ހައްޔަރުކުރި އަންހެންމީހާ ދޫކޮށްލައިފިއެވެ. ފުލުހުން ބުނީ އެމީހާ ދޫކޮށްލީ ތުހުމަތު ކުރެވުނު ކަންކަމާ ގުޅުން ނެތްކަން ޔަގީން ކުރެވިފަވާތީ ކަމަށެވެ.
ފުލުހުން ވަނީ މިއަދު އެމީހާގެ ވަނަވަރުވެސް ހާމަކޮށްފައެވެ. ނޫސްވެރިއަކު ހައްޔަރުކުރި މީހާގެ ވަނަވަރު ހިއްސާކޮށް, ހައްޔަރުކުރި މީހަކީ އެއީތޯ ފުލުހުން މީޑިޔާއާ މައުލޫމާތު ހިއްސާކުރާ ގްރޫޕްގައި ސުވާލުކުރުމުން 'އާނއެކޭ' ބުނެ ޖަވާބު ދެއްވިއެވެ.
މައްސަލައިގައި ހައްޔަރުކުރީ ފުވައްމުލަކު ރޯޒީ މަރިޔަމް ފަޒީލާ ހުސެއިން (40އ) އެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުވައްމުލަކަށް ދިޔަ ބޯޓަކުން ގެނައި ފޮށިގަނޑުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި މައްސަލައާ ގުޅިގެންނެވެ.
ރިއެކްޝަންސް