މިނިވަންކުރި އިޒްރާއިލްގެ ހަތަރު ސިފައިންގެ ބަދަލުގައި ފަލަޞްޠީނުގެ 200 މީހުން މިނިވަންކޮށްފި
މިއަދު މިނިވަންކުރި އިޒްރޢިލްގެ ހަތަރު ސިފައިން އަސްކަރީ ޔުނިފޯމްގައި. ފޮޓޯ: އަލްޖަޒީރާ

މިނިވަންކުރި އިޒްރާއިލްގެ ހަތަރު ސިފައިންގެ ބަދަލުގައި ފަލަޞްޠީނުގެ 200 މީހުން މިނިވަންކޮށްފި

ކުރިން މިނިވަންކުރި 90 މީހުންގެ ތެރެއިން 15 މީހަކުމިއަދު ވަނީ ޣައްޒާއަށް ގޮސްފައި

3 months ago - 21:31
Jan 25, 2025 - 21:39

ހަމާސް އާއި އިޒްރާއިލްއާ ދެމެދު ވެފައިވާ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން ހަމާސްއިން މިއަދު ވަނީ 4 ރަހީނަކު މިނިވަންކޮށްފައެވެ. ބަދަލުގައި އިޒުރާއީލްގެ ޖަކުތަކުގައި ހައްޔަރުކޮށްފައިތިބި އެތައްހާސް ބައެއްގެ ތެރެއިން 200 މީހަކު ވަނީ އިޒްރާއިލްއިން މިނިވަންކޮށްފައެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭއިރު, އުމުރަށް ޖަލަށްލާފައިވާ މީހުންވެސް ހިމެނެއެވެ. އަދި އެއްވެސް ހުކުމެއް ނުކޮށް އިޒްރާއިލްގެ ޖަލުތަކުގައި އަނިޔާލިބެމުންދާ އެތައް ބައެއްވެސް ހިމެނެއެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދި ރެޑްކޮރޮސް (އައިސީއާރުސީ) އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި މިނިވަންކޮށްފައިވާ ފަލަޞްޠީނުގެ އަސީރުން މިހާރުވަނީ ޣައްޒާ އަދި ހިފާފައިވާ ހުޅަނގު އައްސޭރިއަށް ސަލާމަތްތެރި ކަމާއެކު ގެންދެވިފައެވެ.

ހަމާސްގެ އަތްދަށުގައި ތިބި ރަހީނުން މިނިވަންކުރުންއޮތީ ޣައްޒާ ސިޓީގެ ފަލަޞްޠީން މައިދާނުގައެވެ. މޫނު ނިވާކޮށްފައިވާ ހަމާސް އަދި ޕަލަޞްޠީނިއަން އިސްލާމިކް ޖިހާދުގެ ހަނިރާމަވެރިންގެ ފުރިހަމަ ހިމާޔަތުގައި އިޒްރާއިލް ސިފައިންގެ އަންހެން 4 މީހުން ވަނީ ފުރިހަމަ ސަލާމަތާއެކު ރެޑްކްރޮސް އާ ހަވާލުކޮށްފައެވެ.

ކަރީނާ އަރިއެވް, ޑެނިއެލާ ގިލްބޯ, ނާމަ ލެވީ އަދި ލިރި އަލްބާގް ތިބީ އިޒްރާއިލް އަސްކަރިއްޔާގެ ޔުނިފޯމްގައެވެ. އެމީހުންގެނައި އުޅަނދުން ފައިބައިގެން ގޮސް ޙާއްސަކުރެވިފައިވާ ސްޓޭޖަށް އަރާ ހިނިތުންވުމާއެކު އަތުގެ އިޝާރާތުން އެއްވެފައިވާ މީހުންނަށް ހަނާއަޅާ އޭގެ ފަހުން ވަނީ ރެޑްކްރިސް ގެ އުޅަނދުގައި އިޒްރާއިލްއަށް ގެންގޮސްފައެވެ.

Advertisement
Advertisement

މިނިވަންކުރުމުގެ ކުރިން ހަމާސް އާއި ރެޑްކޮރިސް އާ ދެމެދު ލިޔެކިޔުންތަކެއްގައި ސޮއިކޮށް ބަދަލުކުރެވިގެންދިޔަތަންވެސް ފެނިފައިވެއެވެ.

މިއަދު މިނިވަންކޮށްފައިވާ ފަލަޞްޠީނުގެ ރައްޔިތުން ގެނެސްފައިވަނީ އިޒްރާއިލްގެ އޮފަރ މިލިޓަރީ ޖަލުންނެވެ. އަދި ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަالله އަށް ރެޑްކްރޮސްގެ ބަސްތަކުގައި ގެނެސްވަނީ ދޫކޮށްލާފައެވެ.

ނަމަވެސް އިޒްރާއިލްއިން ބުނެފައިވަނީ މިއަދު މިނިވަންކުރުމަށް އެއްބަސްވެފައިވާ 29 އަހަރުގެ އިޒްރާއިލްގެ ރައްޔިތެއްކަމަށްވާ އާބެލް ޔެހޫދް މިނިވަންކޮށްފައި ނުވުމަކީ ހަމާސްއިން އެއްބަސްވުމާ ހިލާފްވުން ކަމަށެވެ. އެހެން ކަމުން އެމައްސަލަ ޙައްލުވަންދެން ޣައްޒާގެ އެއްވެސް މީހަކު ޣައްޒާގެ އުތުރަށް ދިއުމަށް ހުއްދަ ދުނޭނެ ކަމުގައި ނަތަންޔާހޫ ވަނީ ބުނެފައެވެ.

މީގެ 15 މަސްދުވަސް ކުރިން އުތުރު ޣައްޒާ ދޫކޮށް ޣައްޒާގެ އެކި ސަރަޙައްދުތަކަށް ގޮސްފައިވާ އެތައްހާސް ބަޔަކުމިއަދު ތިބީ އުތުރު ޣައްޒާގައި އެމީހުންގެ ގެތަކަށް އެނބުރި ދިއުމުގެ އުއްމީދުގައެވެ.  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow