ހަށިވިއްކުމުގެ މައްސަލައެއްގަ 4 މީހަކު ޑީޕޯޓު ކޮށްފި

ހަށިވިއްކުމުގެ މައްސަލައެއްގަ 4 މީހަކު ޑީޕޯޓު ކޮށްފި

މި މައްސަލައިގަ ޑީޕޯޓު ކުރީ 3 އަންހުންނާއި ފިރިހެނެއް

20 days ago - 16:56
Aug 27, 2024 - 17:14
Advertisement

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށި ވިއްކަމުންދިޔަ ބަޔަކު ޑީޕޯޓު ކޮށްފައިވާކަން އިމިގްރޭޝަނުން ހާމަކުރައްވައިފިއެވެ. 

އިމިގްރޭޝަނުން ހާމަކުރެއްވި ގޮތުގައި ޑީޕޯޓު ކޮށްފައިވަނީ ތިން އަންހެނުންނާއި ފިރިހެނެކެވެ. 

އިމިގްރޭޝަނުން ވިދާޅުވީ މި ހަތަރު މީހުންނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އިންސްޕެކްޝަނެއްގައި ހައްޔަރު ކޮށްފައިވާ ބައެއް ކަމަށެވެ. 

މީގެ ތެރޭގައި ހިމެނޭ ތިން އަންހެނުންނަކީ ފުޅާދާއިރާއެއްގައި ހަށި ވިއްކަމުންދިޔަ ބައެއް ކަމަށާއި ދެންހުރި ފިރިހެން މީހަކީ އެމީހުންގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި މީހެއް ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ. 

Advertisement

މި މަހުގެ އެގާރަވަނަ ދުވަހު އަތުލައިގަތް މި މީހުން ޑީޕޯޓު ކޮށްފައިވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަގްގީގް ކުރުމަށްފަހުގައި ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތު ދެއްވިއެވެ. 

ރައްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސިންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ފާއިތުވި އެއްވެސް ސަރުކާރަކުން ކޮށްފައިނުވާ ވަރުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުނެވެ. 

އެގޮތުން ގަވާއިދާ ޚިލާފަށް އުޅުނު ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ފާއިތުވި ދެމަހެއްހާ ދުވަސްތެރޭ ވަނީ ހޯދައި ފިޔަވަޅު އަޅާފައެވެ.  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement