ކޮންމެ ވެރިކަމެއްގައި ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ބަދަލުނުވާނެ ގޮތަކަށް ނިޒާމް ބަދަލުކުރަންޖެހޭ- ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު; ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ކޮންމެ ވެރިކަމެއްގައި ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ބަދަލުނުވާނެ ގޮތަކަށް ނިޒާމް ބަދަލުކުރަންޖެހޭ- ނަޝީދު

މިހާރު އޮތީ ރަސްކަމެއް ފަދަ ރިޔާސީ ނިޒާމެއް ކަމަށް ވިދާޅުވި

1 month ago - 18:58
May 14, 2025 - 18:58

ކޮންމެ ވެރިކަމެއްގައި ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ބަދަލުނުވާނެ ގޮތަކަށް ނިޒާމް ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން ވަކިކުރިކުރުމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.

19 ވަނަ މަޖިލިހުގެ ރައީސްކަންވެސް ކުރެއްވި ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލުކުރަން ޖެހޭކަމަށް އާވެރިންގެ ހިތަށް ވަންނަކަމީ ވަރަށްބޮޑު ދެރައެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ބޭނުންްފުޅު ވާއިރަށް ފަނޑިޔާރުން ބަދަލުކުުރުމަކީ ފެހި ޤާނޫނު އަސާސީ ތަސައްވުރު ކުރިގޮތް ނޫންކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެކަމަކު މިޤާނޫނު އަސާސީ ބައްޓަންކޮށްފައިވަނީ އުއްމީދުކުރުގޮތާ ހިލާފަށް ރަސްކަމެއް ފަދަ ރިޔާސީ ނިޒާމަކަށް ކަމަށް މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ނަޝީދު ވިދާޅުވިއެވެ.

2008 ވަނަ އަހަރު ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމާއެކު އާ ސްޕްރީމްކޯޓް އެކުލަވާލަން ޖެހުނުކަން ފާހަގަކުރައްވާ ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވީ ޖެހިގެން އައި ތިން ރިޔާސީ އިންތިޚާބަށް ފަހުވެސް  ފަނޑިޔާރުން ބަދަލުކޮށްފައިވާތީއެވެ. އެގޮތުން 2013, 2018 އަދި 2023 ވަނަ އަހަރުގެ އިންތިޚާބަށްފަހުވެސް ކޮންމެ ވެރިކަމަކުން ފަނޑިޔާރުން ބަދަލުކުރިކަން ނަޝީދު ފާހަގަކުރެއްވިއެވެ.

" އެއީ ވަރަށްބޮޑު ދެރައެއް, އަދި ގޯހެއް. މިކަން މިހެން ނުވާނެ ގޮތަކަށް ނިޒާމް ބަދަލުކުރާން ޖެހޭ" ނަޝީދު ވިދާޅުވިއެވެ.

ޖޭއެސްސީން ސްލޫކީ މައްސަލައެއް ބެލުމަށްފަހު ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ.އަޒްމިރަލްދާ ޒާހިރު އާއި އަލްއުސްތާޛު މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވުމުން އެމަޖިލިހުން މިއަދު ވަނީ ދެ ފަނޑިޔާރުން ވަކިކޮށްފައެވެ. އަދި ސްލޫކީ މައްސަލަ ބަލަން ފެށުމުން އޭރުގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއް ސުޢޫދު އިސްތިއުފާ ދެއްވިއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow