ސައިކަލު ދުއްވަމުން ފޯނު ބޭނުންކުރި ފަރާތަކަށް ފުލުހުން ފިޔަވަޅު އަޅައިފި
މަގުތައް ރައްކާތެރިތަނަކަށް ހެދުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން / ފޮޓޯޯ: ފުލުހުން

ސައިކަލު ދުއްވަމުން ފޯނު ބޭނުންކުރި ފަރާތަކަށް ފުލުހުން ފިޔަވަޅު އަޅައިފި

11 months ago - 19:11
May 14, 2025 - 19:44
Advertisement
Advertisement

ސައިކަލު ދުއްވަމުން ފޯނު ބޭނުންކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެތުރުމާ ގުޅިގެން ފުލުހުންގެ ޓްރެފިކް އިންވެސްޓިގޭޝަނުން އެ މައްސަލަ ބަލައި ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން ބުނީ މައްސަލަ ބެލުމަށްފަހު ސައިކަލު ދުއްވި ފަރާތް 2000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ސައިކަލް 30 ދުވަހަށް ޓޯކޮށްފައިވާ ކަމަށެވެ. އަދި ސައިކަލް ދުއްވިފަރާތުގެ ލައިސަންސްވެސް ހިފަހައްޓާފައިވާކަމަށް ފުލުހުން ބުންޏެވެ. 

މި މައްސަލައާއި ގުޅިގެން ފުލުހުން އިތުރަށް ބުނީ  ތިމާ އާއި، މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށެވެ.

މިފަހަކަށް އައިސް މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް ގިނަ ވުމުގެ ސަބަބުން ފުލުހުން ވަނީ މާލެސަރައްހައްދުގައި އެއްގަމުލީ އުޅަދުފަހަރު ދުއްވާފަރާތްތަކުން ހެދިފައިވާ ގަވާއިދުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސް  ވެސް ކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement