ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު %25 އަށް އުފުލިއްޖެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު %25 އަށް އުފުލިއްޖެ

2 hours ago - 17:25
Mar 9, 2026 - 17:42

މެދުއިރުމަތީގެ ހަނގުރާމާއާއި ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އެއް ދުވަހުގެ ތެރޭގައި ރެކޯޑު މިންވަރަކަށް އުފުލިއްޖެއެވެ. އެގޮތުން މިއަދާއި ހަމައަށް ތެލުގެ އަގު ވަނީ 25 އިންސައްތަ އަށް ވުރެ މައްޗަށް އުފުލިފައެވެ. 

މިއީ، ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ތެލުގެ އަގަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ފަދަ ބޮޑު ބަދަލެއް އައިސްފައިވާ ފުރަތަމަ ފަހަރެވެ.

ތަފާސްހިސާބުތަކަށް ބަލައިލާއިރު، ތެލުގެ އަގު ކަނޑައެޅުމުގައި ބަލާ މިންގަނޑުތައް ކަމުގައިވާ ބްރެންޓް ކްރޫޑް ފިޔުޗަރސްގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 117.65 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. މިއީ، 24.96 ޑޮލަރުގެ ބަދަލެކެވެ. އަދި، ޔޫއެސް ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް (ޑަބްލިޔުޓީއައި)ގެ ފީފާއެއްގެ އަގު ވަނީ 116.62 އެމެރިކާ ޑޮލަރަށް މައްޗަށް ޖެހިލާފައެވެ. މިއީ، 25.72 ޑޮލަރުގެ ބޮޑުވުމެކެވެ.

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އިސްވެ އީރާނާ ދެކޮޅަށް ފެށި މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގައި އުފައްދާ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހުރްމުޛް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ވަނީ އިންތިހާއަށް ގޯސްވެފައެވެ. އަދި، އީރާނުން ވަނީ އެ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުފަހަރަށް ޙަމަލާދޭނެ ކަމުގެ އިންޒާރުވެސް ދީފައެވެ. އެގޮތުން ތެޔޮ އުފުލާ ބޯޓުފަހަރުގެ ދަތުރުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ގަލްފުގެ ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރަން ޖެހުނެވެ. 

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow