ރިޔާސީ ދައުރުގެ ކުރީކޮޅު މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަންޖެހުން، ދައުލަތް ހިންގުމަށް އެޅޭ ބޮޑު ހުރަހެއް:  މެންބަރު އިއްބެ

ރިޔާސީ ދައުރުގެ ކުރީކޮޅު މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަންޖެހުން، ދައުލަތް ހިންގުމަށް އެޅޭ ބޮޑު ހުރަހެއް: މެންބަރު އިއްބެ

3 hours ago - 16:39
Mar 9, 2026 - 16:41

ރިޔާސީ އިންތިޚާބަކަށްފަހު އާ ސަރުކާރަކުން ވެރިކަމާ ހަވާލުވެ، މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަކީ ދައުލަތް ހިންގުމުގެ ނިޒާމަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ. 


މެންބަރު އިއްބެ މިހެން ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. މެންބަރު އިއްބެ ފާހަގަކުރެއްވި ގޮތުގައި، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ދައުލަތް ހަރުދަނާކުރުމަށް މިހާރުން މިހާރަށް ބޭނުންތެރި ކަމެކެވެ.


"އިންތިޚާބުވާ ރައީސަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށްޓަކައި ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަސް ހޭދަކުރަންޖެހުމަކީ ދައުލަތް ހިންގުމަށް އެޅޭ ބޮޑު ހުރަހެއް،" މެންބަރު އިއްބެ ވިދާޅުވިއެވެ.


މެންބަރު އިއްބެ އިތުރަށް ވިދާޅުވީ، 2019 އަދި 2023 ވަނަ އަހަރުގެ އިންތިޚާބީ ނަތީޖާތަކުން ފެނިގެންދިޔައީ ރައްޔިތުން އަބަދުވެސް ވެރިކަން ހިންގާ ޕާޓީއަށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ދޭން ބޭނުންވާ މަންޒަރު ކަމަށެވެ. ނަމަވެސް، މިހާރު އޮތް ނިޒާމުގެ ތެރެއިން ކުރީގެ މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން އާ ސަރުކާރަށް ދަތިކުރުމާއި، ބަޖެޓަށް ބަދަލުތައް ގެނައުމުގެ އިތުރުން، ސިޔާސީ ބޭނުންތަކަށް ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަސައްކަތްކުރުން ފަދަ ކަންކަން މީގެ ކުރިން ތަޖުރިބާކުރެވިފައިވާކަން މެންބަރު ފާހަގަކުރެއްވިއެވެ.


މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގައުމުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން މެންބަރު އިއްބެ ވިދާޅުވީ، ގައުމުގެ ސިޔާސީ ހަމަޖެހުމާއި ދައުލަތުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށްޓަކައި މި ދެ އިންތިޚާބު އެއްކޮށްލުމަކީ ގެންނަންޖެހޭ މުހިންމު އިސްލާހެއް ކަމަށެވެ. 

މި ބަދަލުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ކުޑަވެ، ސަރުކާރު އެކުލަވާލުމާއެކު އެއްވެސް ހުރަހެއް ނެތި ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް މެންބަރު އިއްބެ ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު މިިި އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިިފައިވާއިރު، ހަމަ އެދުވަހު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިިންތިޙާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުލުމަށް ވަނީ ނިންމާފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow