އިދިކޮޅު އެމްޑީޕީގެ އެއްވުމަށް ސަރުކާރުން އެއްބާރުލުން ދީފި
އެމްޑީޕީގެ އެއްވުމުގެ ތެރެއިން: ފޮޓޯ-އެމްޑީޕީ

އިދިކޮޅު އެމްޑީޕީގެ އެއްވުމަށް ސަރުކާރުން އެއްބާރުލުން ދީފި

މިއީ ހިޔާލުފާޅުކުރުމުގެ ހައްގަށް ސަރުކާރުން ދޭ އިސްކަން

4 hours ago - 09:35
Feb 1, 2025 - 09:35

މިދިޔަ މަހެއްހާ ދުވަހު އިޝްތިހާރުކޮށްގެން އިދިކޮޅު އެމްޑީޕީން ބޭއްވި މަގުމަތީގެ ހިނގާލުމަށް ސަރުކާރުން އެއްބާރުލުން ދީފިއެވެ. ރޭ މާލޭގައި ބޭއްވި އެއްވުން ނިމުނީ ސުލްހަވެރިކަމާއެކުއެވެ.

ހިނގާލުން ކުރިއަށްދިޔަ ވަގުތު ދިވެހި ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީ ސެކިއުރިޓީ ބަލަހައްޓައިދީފައެވެ. އާޓިބިޝަލް ބީޗުން ފެށި ހިނގާލުން އަމީނީ މަގުން ކުރިއަށް ގެންދިޔައެވެ. ބައެއް ސަރަހައްދުތަކަށް މަޑުކޮށް, ސަރުކާރާ ފާޑުކިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވިއެވެ.

އެމްޑީޕީގެ ހިނގާލުމާ ގުޅިގެން ސަރުކާރުގެ އިސްތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ހިޔާލުފާޅުކުރުމުގެ ހައްގަށް ސަރުކާރުން ދޭ އިސްކަން ފެނިގެން ހިނގައްޖެ ކަމަށެވެ. ސަރުކާރުން އިދިކޮޅު މުޒާހަރާއަށް ފުރުޞަތު ދިނުން ހީނާ ސިފަކުރެއްވީ ޤާނޫނު އަސާސީން ލިބިދީފައިވާ އެއްވެ އުޅުމުގެ ހައްގު ހިމާޔަތްކޮށް ކަށަވަރުކޮށްދިނުން ކަމަށެވެ. ސަލާމަތީ ފަރާތްތަކުން ސެކިއުރިޓީ ދިންކަންވެސް ހީނާ ފާހަގަކުރެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow