މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މި މަހުގެ 15 ގައި ފަށަނީ
ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ދެން ފަށާނީ މި މަހުގެ 15 ވާ ހޯމަ ދުވަހުން ފެށިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ފަށައި ފުރަތަމަ ޖަލްސާ ބޭއްވީ މި މަހުގެ ފުރަތަމަ ދުވަހުއެވެ.
އެދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 8 ޖޫން ވާ ހޯމަ ދުވަހު ކަމަށެވެ. ނަމަވެސް މިއަދު މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މި މަހުގެ 15 ވާ ހޯމަ ދުވަހު ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، އަހަރުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މަޖިލީހުގެ ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮތުމުން މަޖިލީހުގެ ޖަލްސާ ވަނީ މޭ މަހުގެ ނިޔަލަށް ކުރިއަށްގެންގޮސްފައެވެ.
އެންމެ ފަހުން އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބުކޮށްފަ އެވެ. އެގޮތުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބު ކޮށްފައިވަނީ އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު
ރިއެކްޝަންސް

