ހުޅުމާލެ ފޭސް ދޭއްގައި އިތުރު ދެ މިސްކިތެއް އަޅަން ބިން ދީފި
މިސްކިތް އަޅަން ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ: ފޮޓޯ-އިސްލާމިކް މިނިސްޓްރީ

ހުޅުމާލެ ފޭސް ދޭއްގައި އިތުރު ދެ މިސްކިތެއް އަޅަން ބިން ދީފި

8 months ago - 13:39
Sep 2, 2025 - 13:40
Advertisement
Advertisement

ހުޅުމާލެ ފޭސް ދޭއްގައި އިތުރު ދެ މިސްކިތެއް އަޅަން ބިން ދީފިއެވެ. މިއަދު ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އެޗް.ޑީ.ސީ) އާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ދެމެދު މިކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރުއެވެ. އަދި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

ހުޅުމާލެއިން ދެ ބިން ދޫކުރީ 3000 މީހުންގެ ޖާގައިގެ ދެ މިސްކިތް އެޅުމަށެވެ. ބިން ދޫކުރީ ހުޅުމާލެ ލޮޓް ނަމްބަރު 22221 އާއި ލޮޓް ނަމްބަރު 22242 އިންނެވެ. މި ދެމިސްކިތަކީވެސް 2000-3000 މީހުންގެ ޖާގައިގެ ދެ މިސްކިތެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މާލެ ސަރަހައްދުގައި ގިނަ މިސްކިތްތަކެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement