މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނީ 4 މައިދާނެއްގައި
މީގެކުރިން މާލޭގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރަނީ: ފޮޓޯ-އިސްލާމިކް މިނިސްޓްރީ

މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނީ 4 މައިދާނެއްގައި

އިތުރު 24 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ

2 days ago - 14:52
Jun 2, 2025 - 14:53
Advertisement
Advertisement

 1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު، މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ހަތަރު ތަނެއްގައި ކުރަން އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ. އެއީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމް އަދި ހުޅުމާލެ ފޭސް ދޭއްގެ ކުރިކެޓް ސްޓޭޑިއަމް ސަރަޙައްދެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ކަނޑައެޅިފައިވާ 4 ސަރަޙައްދުގައި، ޢީދުގެ ބޮޑު ޖަމާޢަތް ނުބޭއްވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޢާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި ޢީދު ނަމާދުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާ ސަރަހައްދުތަކުގެ އިތުރުން  މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 24 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ޢީދު ނަމާދު ކުރާ މިސްކިތްތަކަކީ:

Advertisement
Advertisement

 

މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް

މަސްޖިދު މަލިކި ސަލްމާން

މަސްޖިދުއް ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ

މަސްޖިދުލް ފުރްޤާން

މަސްޖިދުއް ނޫރު

މަސްޖިދުއް ޝަހީދު ޢަލީ

މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން

މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް

މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)

މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން

މަސްޖިދު ޞަލާޙުއްދީން

މަސްޖިދު ޖަލާލުއްދީން

މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް(

މަސްޖިދު އިސްކަންދަރު

ވަގުތީ މިސްކިތް (ބޮޑުގެ(

މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން

މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލްދީދީ

މަސްޖިދު ޢަފީފުއްދީން

ޒިޔާރަތް މިސްކިތް

މަސްޖިދުލް ބިއްރި (ވިލިމާލެ(

މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ(

ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހުޑް 3(

މަސްޖިދު އަބީބަކްރިނިއް ޞިއްދީޤު (ހުޅުމާލެ ފޭސް 2(

މަސްޖިދު ޢުޘްމާނު ބިން ޢައްފާން (ހުޅުމާލެ ފޭސް 2(

މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2(

މަސްޖިދުއް ސަބީލް (ހުޅުލެ(

މަސްޖިދުލް އިންތިޞާރު (ހުޅުލެ(

1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ، 06 ޖޫން 2025 ވާ ހުކުރު ދުވަހެވެ. ޢީދު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement