
ޔުމްނުގެ ބަޔާން އަދިވެސް ނުނެގޭ- ފުލުހުން
އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ފަތިހު ހ.މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ބަޔާން އަދިވެސް ނުނެގޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. އިތުރު ތަފްސީލް ދިނުމެއް ނެތި ފުލުހުން ހަމައެކަނި ވިދާޅުވީ "ޔުމްނުގެ ބަޔާން އަދި ނުނެގޭ" ކަމަށެވެ.
ފަރުވާއަށް މެލޭޝިޔާއަށް ގެންދިޔަ ގޮތަށް ޔުމްނުއަށް ފަރުވާދެނީ މެލޭޝިޔާގައެވެ. ފުލުހުން މީގެކުރިން މެއި މަހުވެސް ވަނީ ޔުމްނުއާ ސުވާލުކުރުމުގެ ފުރުޞަތު ނުލިބޭ ކަމަށް ބުނެފައެވެ. ޔުމުނު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ތަހުގީގަށްވެސް އެފުރުޞަތު ނުލިބުނެވެ. ތަހުގީގު ނިންމީ ޔުމްނުގެ ބަހެއް ނެތިއެވެ.
21 އަހަރުގެ ޔުމުން ވެއްޓުނު މައްސަލައިގެ ތަހުގީގަށް ޔުމުން އާއެމު މެލޭޝިޔާއަށްވެސް ފުލުހުން ގޮސް ތިއްބެވެ. މިހާރު ފުލުހުން ތިބި ކަމެއް ޔަގީނެއް ނޫނެވެ.
ރިއެކްޝަންސް






