ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޕިކަޕެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ
ބްރިޖް ހައިވޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، ޕިކަޕެއްގެ ދަށުވެ މީހަކު ނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ 22:12 އެހައިކަންހާއިރުއެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހައިވޭއިން ދަތުރުކުރި ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެންނެވެ. މި ހިތާމަވެރި ހާދިސާގައި އަނިޔާވި މީހާ ވަނީ ނިޔާވެފައެވެ. ނަމަވެސް ނިޔާވި މީހާގެ ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފަހަކަށް އައިސް ބްރިޖާއި ހައިވޭ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވަމުންދާތީ، ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.
ރިއެކްޝަންސް





