
ކުޅުދުއްފުށީގައި ދުވަން ނިކުއިން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ކުޅުދުއްފުށީގައި ދުވަން ނިކުއިން މީހަކު ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނުނީ ކުޅުދުއްފުށި ޖިފުޑި, 67 އަހަރުގެ ހަސަން މޫސާއެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގެ ފާޚާނާގައެވެ. ހޮސްޕިޓަލަސް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ. އަދި ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށްވެސް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
ހަސަން މޫސާ ދުވަން ދިޔައީ ފަތިހު 5:00 ގައެވެ. އޭނާގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯރޓްކުރީ 10:30 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މިކަން އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.
ރިއެކްޝަންސް






