
ފުވައްމުލަކު އެއަޕޯރޓް އޮޕަރޭޝަނަށް ގެނައުމަށް އައްޑޫ ސިޓީން ފަޔާ ޓްރަކެއް ގެންދަނީ
ފުވައްމުލަކު އެއަޕޯރޓް އޮޕަރޭޝަނަށް ގެނައުމަށް އައްޑޫ ސިޓީން ފަޔާ ޓްރަކެއް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީއާ ހަވާލާދީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން ވިދާޅުވީ ފުވައްމުލައް ސިޓީގެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވީހާވެސް އަވަހަށް އަލުން ފެށުމަށްޓަކައި އައްޑޫ ސިޓީން ފަޔާ ޓްރަކެއް ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މެމްބަރު ވިދާޅުވީ މިއީ ދަތި ވަގުތެއް ކަމަށާއި, މި ދަތި ދަނޑިވަޅުގައިވެސް ކެތްތެރިކަމާއެކު ތިއްބެވި ކަމަށްޓަކައި ނުހަނު ފުވައްމުލަކު ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ. މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އަޅާކަން ޔަގީންކުރަން ކުރަންޖެހޭ މަސައްޖަތްތައް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް މެމްބަރު ދެއްވިއެވެ.
"މިފަދަ ކަންކަން ކުރިއަށް އޮތްތަނުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާކަން ޔަގީން ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް އަޅުގަނޑު ކުރާނެ ކަމުގެ ޔަގީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަން." މެމްބަރު އިއްބެ ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.
ފަޔާ ލޮރީއަށް ދިމާވި މައްސަލައަކާ ގުޅިގެން ފުވައްމުލަކުގެ ވައިގެ ދަތުރުތައް މެދުކެނޑި އެތައްބަޔަކު ވަނީ ތާށިވެފައެވެ.
ރިއެކްޝަންސް






