މީޑިޔާ ބިލް ކޮމިޓީން ފާސްކޮށްފި
ކޮމިޓީން ބިލް ފާސްކުރީ ނޫސްވެރިން އިހުތިޖާޖު ކުރަނިކޮށް: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

މީޑިޔާ ބިލް ކޮމިޓީން ފާސްކޮށްފި

8 months ago - 18:28
Sep 15, 2025 - 18:28
Advertisement
Advertisement

މީޑިޔާ ރެގިއުލޭޓް ކުރުމަށް ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ބިލް މަޖިލިހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ބިލް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކުރީ ވެރިކަންކުރާ ޕީއެންސީގެ މެމްބަރުންގެ ވޯޓުންނެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް ބިލް ފާސްކުރަން ވޯޓެއް ނުދެއްވައެވެ. ބިލުން ގިނަ މާއްދާތަކެއް އުނިކަން މީކާއީލް ހުށަހެޅުވުމުން, ތާއީދުކުރައްވާނެ މެމްބަރަކު ނެތުމުން އެއިސްލާހުތަކަށް ވޯޓަކަށްވެސް ނާހައެވެ. ނަމަވެސް ބިލް ފާސްކުރީ ސަރުކާރުން ހުށަހެޅުއްވި ގިނަ އިސްލާހުތަކަކާއެކުއެވެ.

ބިލް ކޮމިޓީން ފާސްކުރެއްވީ ބައެއް ނޫސްވެރިންނާއި, އެމްޑީޕިގެ ބައެއް އެކްޓިވިސްޓުންނާއި, އެނޫންވެސް ބައެއް ފަރާތްތަކުން ކޮމިޓީގައި އަޑުގަދަކޮށް އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.

ކޮމިޓީން ބިލް ފާސްކުރިއިރު ނޫސްވެރިން ސޮއިކޮށް ހުށަހެޅި ޕެޓިޝަން ކޮމިޓީން ނުބެލުމުންވެސް ނޫސްވެރިން އަޑުގަދަކުރިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ދައުރުން ބޭރު ޖަލްސާއެއް މާދަމާވެސް ބާއްވަން ނިންމާފައިވުމުން, ބިލް ފާސްކުރުމާމެދު ވޯޓަށް އަހާނެ ކަމަށް ބެލެވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement