ފެންނަ ނުފެންނަ ވޯޓް ނަގާ ބިލް ފާސްކޮށްފި
މަޖިލިހުގެ ތަޅުމުގައި މިއަދު ވޯޓް ނަގަނީ: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ފެންނަ ނުފެންނަ ވޯޓް ނަގާ ބިލް ފާސްކޮށްފި

އެމްޑީޕީން ވޯޓް ދިނީ ނުފެންނަކަމަށް

8 months ago - 14:19
Sep 15, 2025 - 14:20
Advertisement
Advertisement

ބޮޑަތި ކަންކަމުގައި ރައްޔިތުންނަށް ފެންނަ ނުފެން ވޯޓް ނަގާ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލް ފާސްކުރީ 64 މެމްބަރުންގެ ވޯޓުންނެވެ. ބިލް ފާސްކުރުމާ ދެކޮޅަށް ވޯޓް ދެއްވީ 12 މެމްބަރުންނެވެ. ދެކޮޅަށް ވޯޓް ދެއްވީ އެމްޑީޕީ މެމްބަރުންނެވެ.

ދައުރުން ބޭރުގައި ކޮމިޓީގެ މަސައްކަތް ނިންމާ ތަޅުމުން މިއަދު ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމުން ރާއްޖޭގެ ވަކި ސަރަހައްދަކަށް އަމާޒުކޮށްގެންވެސް ބޮޑަތި ކަންކަމުގައި ފެންނަ ނުފެން ވޯޓް ނެގޭނެއެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓް ނެގޭނީ ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ގަރާރަކާއެކު އެގަރާރު ރައީސުލްޖުމްހޫރިއްޔާ އެގަރާރު ނެރުއްވުމުންނެވެ. ގަރާރު ނެރުމަށްފަހު ވޯޓް ނަގަން ގިނަވެގެން ލިބޭނީ 45 ދުވަހެވެ. ގަރާރު ނެރުމާއެކު 10 ދުވަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ބަޖެޓް ފާސްކޮށްދޭން ޖެހެއެވެ.

އިދިކޮޅު މެމްބަރުން މިބިލަށް ވޯޓް ނުދިނީ މިއީ ރިޔާސީ ދައުރު ދަންމާލަން ކޮށާ މަގެއްކަމަށް ބުނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement