ދެ އިންތިޚާބު އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން 70 މިލިއަން ރުފިޔާ ސަލާމަތްވާނެ- ފަލާހު
މެމްބަރު ފަލާހު މަޖިލިހުގެ ތަޅުމުގައި ވާހަކަދައްކަވަނީ: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ދެ އިންތިޚާބު އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން 70 މިލިއަން ރުފިޔާ ސަލާމަތްވާނެ- ފަލާހު

2 hours ago - 12:19
Sep 15, 2025 - 12:19

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާއި, ރިޔާސީ އިންތިޚާބު އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން 70 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ފެންނަ ނުފެން ހިޔާލު ނެގުމާގުޅޭ ބިލްގެ ކޮމިޓީ ރިޕޯރޓަށް ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ އެއީ ވަރަށް މުހިއްމު ބިލެއް ކަމަށާއި, ބިލްގެ ސަބަބުން މިހާރު އިންތިޚާބު ބާއްވަން އޮތް މުއްދަތަށްވުރެ އަވަހަށް އިންތިޚާބު ބާއްވަން ޖެހޭނެކަމަށެވެ. އަދި އޭގެ ސަބަބުން ދައުލަތުގެ ބަޖެޓުން 70 މިލިއަން ރުފިޔާ ސަލާމަތްވާނެކަމަށް ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ އިދިކޮޅު އެމްޑީޕީއަކީ ޚަރަދު ކުދަކުރުމުގެ ސިޔާސަތު އޮތް ޕާޓީއެއް ނޫންކަމަށެވެ. ދެ އިންތިޚާބު އެއްކޮށްލައިގެން 70 މިލިއަން ރުފިޔާ ސަލާމަތްކުރަން އެމްޑީޕީން އެއްބަސްނުވުމަކީ އޭގެ ހެއްކެއް ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ރާއްޖެ މިއަދު އޮތް ހާލަތަށް ގެނައީވެސް އެމްޑީޕީ ކަމަށެވެ. އެންމެ ފަހުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވިނަމަ ރާއްޖެ އޮންނާނީ ކަނުއަނދިރީގައި ކަމަށްވެސް ބިލްގެ ފަހުބަސް ވިދާޅުވާން ލިބުނު ފުރުޞަތުގައި އޭނާ ވިދާޅުވިއެވެ. މިބިލަކީ ސަރުކާރުގެ ފަރާތުން ފަލާހު ހުށަހެޅުއްވި ބިލެކެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow