ޙާފިޘުންނަށް ރައީސުލްޖުމްހޫރިއްޔާގެ މެޑަލްވެސް ރަމަޟާންމަހުގެ 27 ވިލޭރޭ ދޭން ނިންމައިފި
ޙާފިޘުން އިތުރުކުރުމަށް ސަރުކާރުން ވަނީ ޚާއްޞަ މަސައްކަތްތަކެއް ފައްޓަވާފަ

ޙާފިޘުންނަށް ރައީސުލްޖުމްހޫރިއްޔާގެ މެޑަލްވެސް ރަމަޟާންމަހުގެ 27 ވިލޭރޭ ދޭން ނިންމައިފި

8 months ago - 11:18
Sep 15, 2025 - 11:18
Advertisement
Advertisement

ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމުވެސް ރަމަޟާން މަހުގެ 27 ވިލޭރޭ ދެއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

މިގޮތަށް މި ހަމަޖެއްސެވީ، ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ރަސްމީކޮށް ސަނަދު ހަވާލުކުރައްވަމުން ގެންދަވަނީވެސް، ރަމަޟާން މަހުގެ 27 ވިލޭރޭ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބާއްވަވާ ޖަލްސާގައި ކަމަށްވާތީކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އެހެންކަމުން ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން އެންމެ އެކަށީގެންވަނީވެސް، އެ ޖަލްސާގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

ޙާފިޡުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު މިދިޔަ އަހަރު ދެއްވައިފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ. ޙާފިޠުން އިތުރުކުރުމަށް ސަރުކާރުން ގެންދަވަނީ ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެމަސައްކަތްތުގެ ދަށުން ޙާފިޘުންނަށް ސަރުކާރުން ދެއްވާ އިނާޔަތްވެސް ވަނީ ބޮޑުކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement