ސީއެސްސީގެ ރައީސްއަކަށް އިންތިޚާބުކުރަން ރައީސް ހުށަހެޅުއްވީ މުޖުތާޒުގެ ނަން
ސީއެސްސީގެ ރައީސްކަމަށް ހުށަހެޅުއްވި މުޖުތާޒު އާއި ނައިބަކަށް ހުށަހެޅުއްވި ނާސިހު: ފޮޓޯ-ސީއެސްސީ

ސީއެސްސީގެ ރައީސްއަކަށް އިންތިޚާބުކުރަން ރައީސް ހުށަހެޅުއްވީ މުޖުތާޒުގެ ނަން

8 months ago - 10:18
Sep 15, 2025 - 10:19
Advertisement
Advertisement

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްކަމަށް މުޙައްމަދު މުޖުތާޒު އައްޔަންކުރެއްވުމަސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ހުށަހަޅުއްވައިފިއެވެ.

ކޮމިޝަންގެ ރައީސްއަކަށް މުޖުތާޒު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައި މިވަނީ އެކޮމިޝަންގެ މިހާރުގެ ރައީސް މުޙައްމަދު ނާޞިހު ދެވަނަ ދައުރަކަށް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަންކުރައްވާފައި ވަނިކޮށެވެ. މިއަހަރު ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކުރެއްވި މުޖުތާޒު މިވަގުތު ހުންނެވީ ނައިބުރައީސް ކަމުގައެވެ.

ކޮމިޝަންގެ ނައިބުރައީސްކަމަށް އައްޔަންކުރެއްވުމަށް ރައީސް ހުށަޙެޅުއްވީ މިހާރު ރައީސް ކަމުގައި ހުންނެވި ނާޞިހުގެ ނަމެވެ. މީގެއިތުރުން ހިޔުމަންރައިޓްސް ކޮމިޝަންގެ ނައިބުރައީސްކަމަށް މުޙައްމަދު ޝަފީގު މަހުމޫދު އައްޔަންކުރެއްވުމަށްވެސް ރައީސް ވަނީ ހުށަހަޅުއްވާފައެވެ. މުޙައްމަދު ޝަފީޤު މަހުމޫދަކީ އެންމެ ފަހުން އެކޮމިޝަނަށް އައްޔަންކުރެއްވި ދެ މެމްބަރުންގެ ތެރެއިން ބޭފުޅެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement