ފުޓްސަލް ހިމެނޭ ގޮތަށް އެފްއޭއެމް އެވޯޑްސް އިއުލާނުކޮށްފި
މީގެކުރިން އެފްއޭއެމްއިން ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި އެންމެ މޮޅު ކުޅުންތެރިޔާ އަޝްފާޤު-ފޮޓޯ-އެފްއޭއެމް

ފުޓްސަލް ހިމެނޭ ގޮތަށް އެފްއޭއެމް އެވޯޑްސް އިއުލާނުކޮށްފި

2 hours ago - 09:57
Sep 15, 2025 - 09:58

އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާވެސް ހިމެނޭ ގޮތަށް އެފްއޭއެމް އެވޯޑްސް އިއުލާނުކޮށްފިއެވެ.

ދޮޅު އަހަރު ރާއްޖޭގައި ރަސްމީ ބޯޅަ ނުކުޅެ އޮތުމަށްފަހު މިރޭ އާ ސީޒަން ފަށަން ތައްޔާރުވެފައި ވަނިކޮށް, ފުޓްބޯޅަ އެވޯޑްސް އިއުލާނުކުރެއްވީ އެފްއޭއެމްގެ ރައީސް އަހުމަދު ތާރިގު (ޓޮމް) އެވެ. ދާދިފަހުން އެފްއޭއެމްގެ ރައީސްކަމަށް އިންތިޚާބުވި ކުރީގެ އެއްވަނަ ފޯވާޑް ޓޮމް އިއުލާނުކުރެއްވި ގޮތުން 13 އެވޯޑެއް ދޭނެއެވެ. އެއީ ރާއްޖޭގެ އެންމެ މޮޅު ފިރިހެން ތިން ކުޅުންތެރިންގެ އިތުރުން އަންހެން އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ހިމެނޭ ގޮތަށެވެ. މީގެއިތުރުން އެންމެ މޮޅު ކޯޗާއި, ކްލަބާއި, ރަން ބޫޓާއި, ރަން އަންގި, އައި 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާވެސް ހިމެނެއެވެ.

ރެފްރީންގެ އަގު ވަޒަން ކުރުމަށް އެންމެ މޮޅު ރެފްރީއާއި ރާއްޖޭގައި ކުޅޭ ބިދޭސީ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާވެސް ހޮވަން ވަނީ ނިންމާފައެވެ. އަދި ސީޒަންގެ އެންމެ މޮޅު ގޯލްވެސް ހޮވާނެއެވެ.

އެފްއޭއެމްގެ ރައީސް ޓޮމް ވިދާޅުވީ އެވޯޑް ދެނީ ކުޅިވަރުގެ ރޫހް އިތުރަށް އާލާކުރުމާއި، ކުޅިވަރުގެ ވާދަވެރިކަން އިތުރުކުރުމާއި އަދި ފުޓްބޯޅައިގެ ޚިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ މަޤްސަދުގައި ކަމަށެވެ. މިރޭ ފަށާ ފުޓްބޯޅައިގެ އާ ސީޒަންގައި ވާދަކުރާ ކުޅުންތެރިންނާއި، ކޯޗުންނާއި، ކުލަބުތަކާއި، މެޗްތަކުގައި އިންސާފުކުރާ ރެފްރީންނަށް ޓޮމް ވަނީ ކާމިޔާބަށް އެދިފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow