އާންމުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަނުކުރާ މެމްބަރުގެ ގޮތުގައި އިދްރީސްގެ ނަން ފާސްކޮށްފި
މަޖިލިހުގެ ކޮމިޓީގައި އިންޓަރވިއު ކުރިއަށްގެންދަނީ:ފޮަޓޯ-ރައްޔިތުންގެ މަޖިލިސް

އާންމުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަނުކުރާ މެމްބަރުގެ ގޮތުގައި އިދްރީސްގެ ނަން ފާސްކޮށްފި

9 months ago - 16:08
Jul 15, 2025 - 16:12
Advertisement
Advertisement

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރުގެ ގޮތުގައި އިދްރީސް ފައުޒީގެ ނަން  ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ,

ޖޭއެސްސީގައި އާންމުންގެ ތެރެއިން ކަނޑައަޅާފައި ހުންނަވާ މެމްބަރު އައިމިނަތު އުންމު ކުލްސޫމްގެ ދައުރު ހަމަވާތީވެ އެ ކޮމިޝަނުން ކުރި އިއުލާނަކާ ގުޅިގެން ހުށަހެޅި އަށް މީހުންގެ ތެރެއިން އިންޓަވިއުކޮށްފައިވަނީ ހަ މީހަކާއެވެ. އޭގެ ތެރެއިން 75 މާކްސްއަށް ވުުރެ އިތުރަށް ހޯދި ހަތަރު މީހެއްގެ ނަން މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީން ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.

މިހާރު ލ. ކަލައިދޫ ކައުސިލްއިދާރާގެ ސެކެޓްރީ ޖެނެރަލްގެ މަޤާމުގައި ހުރި އިދްރީސްއަށް ރުހުންދިނުމަށް ތަޅުމުން ފާސްކޮށްދިން އިރު އެންމެ މަތިންމާކްސް ހޯދާފައިވަނީވެސް އޭނާއެވެ. 

ތަޅުމުގައި މިއަދު ނެގި ވޯޓްގައި އިދްރީސް އަށް ރުހުން ދިނުމަށް 62 މެމްބަރަކު ވަނީ ވޯޓް ދެއްވާފައެވެ. އޭނާ މެމްބަރުކަމަށް އައްޔަނުކުރުމާ ދެކޮޅަށް އެއް މެމްބަރަކު ވޯޓްދެއްވި އިރު ވަކިިގޮަތަކަށް ވޯޓްދޭން ބޭނުންނުނުވާކަމަށް ދެ މެމްބަރަކު ވޯޓްދެއްވާފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement