ވީއައިއޭގެ އައު ޓަރމިނަލް އަކީ ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫޢެއް- ރައީސުލްޖުމްހޫރިއްޔާ

ވީއައިއޭގެ އައު ޓަރމިނަލް އަކީ ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫޢެއް- ރައީސުލްޖުމްހޫރިއްޔާ

8 hours ago - 15:48
Jul 15, 2025 - 16:03
Advertisement
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޓަރމިނަލްގެ މަސައްކަތް ނިންމާ, އެތަނުގެ އޮޕަރޭޝަންިތައް ވީހާވެސް އަވަހަކަށް ފެށުމަކި ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަޝްރޫއުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ "ރައްޔިތުންނާއެކު" ޕޮޑްކާސްޓް ސިލްސިލާގެ 8 ވަނަ އެޕިސޯޑްގައި ވާހަފަކުޅު ދައްކަވުމުންނެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ނިންމައި,އޮޕަރޭޝަން ފެށުން ވެގެންދާނީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ލިބޭ ވަރަށްބޮޑު ކުރިއެރުމަކަށް. ވަކިން ޙާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެ. މި އެއަރޕޯޓަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިއްމު އެސެޓް. އެތަނަށް އަންނަ ކޮންމެ ކުރިއެރުމަކީ ހުރިހާ ދިވެހިންނަށް ލިބޭ ކުރިއެރުމެއް" ރައީސް ވިދާޅުވިއެވެ.

ޓަރމިނަލްގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު އައު ޓަރމިނަލް ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ދިމާކޮށް މި ހިނގާ ޖުލައި މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ސަރުކާރުން އަންނަނީ ގިނަގުނަ ތައްޔާރީތަކެއް ވަމުންނެވެ.

Advertisement
Advertisement

ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންރައީސް ވަނީ އެއަރޕޯޓްގެ ތަރައްޤީއަށްޓަކައި އެކި ދުވަސްވަރު, އެކި ވެރިކަންތަކުގައި ވެރިކަން ކުރެެއްވި ބޭފުޅުން ކުރެއްވި މަސައްކަތްޕުޅުތަކަށާއި ގެނެސްދެއްވި ކުރިއެރުންތަކުގެ ތައުރީފް ހައްޤުވާ ފަރާރްތަކަށް އެކަން އަދާކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. 

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ އެކިސަރަހައްދުތަކުގައި  އޮޕަރޭޓްކުރަމުންދާ ސަރަހައްދީ އެއަރޕޯޓްތަކަށާއި, ތަރައްޤީ ކުރެވެމުންދާ އެއަރޕޯޓްތަކުގެ މަޝްރޫއުތަަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގަިއ އަލިއަޅުވާލާފައެވެ. 

ވެރިކަން ބަދަކުވުމަށްފަަހު އިންތިގާލީ މަރުހަލާގައިވެސް އެންމެ ފުރަތަމަ ރައީސް ވަޑައިގެންނެވީ އެއަރޕޯޓް ގެ އައު ޓަރމިނަލްގެ މަސައްކަތް ބައްލަވާލުމަށެވެ. އެދުވަހުވެސް ރައީސް ވިދާޅުވި ފަދައިން ޓަރމިނަލް އޮޕަރޭޝަނަލައިޒް ކުރުމަކީ މިއަދުވެސް ސަރުކާރުގެ އެންމެ މުހިއްމު މަޝްރޫއުކަން ރައީސް ވަނީ ތަކުރާރު ކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement