
އިންޓަނެޓަށް ދަރިވަރުން ހޭލުންތެރި ކުރުމުގެ ސެޝަނެއް ބ.އޭ.އީ.ސީ ގައި ކުރިއަށް ގެންގޮސްފި
ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް ސެޝަނެއް ކުރިއަށް ގެންގޮސްފި
އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުމަށާއި ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ބ. އަތޮޅު ޕޮލިހާއި އޭދަފުށި ފޭލި ޖަމުއިއްޔާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ސެޝަނުގައި މައުލޫމާތު ދިނުމުގެ ގޮތުން ދަރިވަރުންގެ އުމުރާ ގުޅޭ ތަފާތު މަސައްކަތްތައް ހަވާލުކޮށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، އިންޓަނެޓްގެ ރައްކާތެރިކަމާއި ނުރައްކާތެރިކަން އަދި ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވުމަށާއި އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ ކަންތައްކުރާނެގޮތްތައް ކިޔައިދީފައިވެއެވެ.
ދިމާވާ ކަންކަން ސިއްރުނުކޮށް ބެލެނިވެރިންނާ ހިއްސާކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
ރިއެކްޝަންސް






