
މަނަދޫ މީހަކު މާލެ އިން ގެއްލިގެން ހޯދަން ފަށައިފި
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އާއިލާއަށް ހަބަރެއް ނުވެގެން މަނަދޫ މީހަކު މާލެ އިން ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ގެއްލިގެން ހޯދަނީ ނ. މަނަދޫ، ރީޙުއްޞަބާ، ޢަބްދުﷲ ޝިހާދު، (37އ) ކަމަށެވެ.
ފުލުހުން ބުނީ، މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 16:51 އިން ފެށިގެން ޝިހާދު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް، ރިޕޯޓުކުރީ ރޭ 20:05 އެހައިކަންހާއިރު ކަމަށެވެ. އެހެންވެ، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ފުލުހުން ބުނީ، ޢަބްދުﷲ ޝިހާދު ދިރިއުޅެނީ މާލޭގައި ކަމަށާއި އޭނާގެ ފޯނަށް ވެސް ނުގުޅޭ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.
ޝިހާދުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ނަންބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ރިއެކްޝަންސް






