މަސްތުވާތަކެތީގެ މައްސަލައެއްގައި ހޭޔަމްބޯ ޕްރެޒެންޓަރ އިނާޔަތުއާ އިތުރު ދެމީހަކު ހައްޔަރުކޮށްފި
އިނާޔަތު މެދުގައި އަދި ދެން ހައްޔަރުކުރި އެއް ގެއެއްގެ ދެޒުވާނުން

މަސްތުވާތަކެތީގެ މައްސަލައެއްގައި ހޭޔަމްބޯ ޕްރެޒެންޓަރ އިނާޔަތުއާ އިތުރު ދެމީހަކު ހައްޔަރުކޮށްފި

އިނާޔަތުގެ އިތުރުން ހައްޔަރުކުރީ އެއް ގެއެއްގެ ދެމީހުން

16 days ago - 22:16
Sep 27, 2025 - 22:16
Advertisement
Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި ހޭޔަމްބޯ ޕްރެޒެންޓަރ އިނާޔަތުއާ އިތުރު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މާލެއިން ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެތިން މީހުންނަކީ މާލެ / މއ. މަޒާގެ، މުޙައްމަދު އައިޝް އަޙްމަދު (34އ) އާއި މާލެ / މއ. މަޒާގެ، އާމިނަތު ޢިއްލިއްޔީން އަޙްމަދު (25އ) އާއި ހދ. ކުޅުދުއްފުށި / މަރިޔާޒް، ޢިނާޔަތު ޢަލީ (34އ) އެވެ.

މީގެތެރެއިން ޢިނާޔަތު އަލީ އަކީ ޓީވީއެމްގެ ދުވަސްވީ ޕްރޮގްރާމް ހޭޔަމްބޯގެ އެއް ޕްރެޒެންޓަރެވެ. އަދި ދިވެހި އެފްއެމްގެވެސް ޕްރެޒެންޓަރެކެވެ. މީގެއިތުރުންވެސް ބޮޑަތި އިވެންޓްތައް ހުށަހަޅައިދޭ ޕްރެޒެންޓަރެކެވެ.

ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
Advertisement

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން މުޙައްމަދު އައިޝް އަޙްމަދު 10 ދުވަހަށް އަދި އާމިނަތު ޢިއްލިއްޔީން އަޙްމަދާއި ޢިނާޔަތު ޢަލީ ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement