ނޭޕާލް އަންހެނަކު ޒަޚަމްކޮށްލި މައްސަލާގައި ބަނގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފި
މައްސަލައާ ގުޅިގެން ހައްޔަރުކުރި ބަނގްލަދޭޝް މީހާ

ނޭޕާލް އަންހެނަކު ޒަޚަމްކޮށްލި މައްސަލާގައި ބަނގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފި

7 months ago - 22:29
Sep 28, 2025 - 09:03
Advertisement
Advertisement

ނޭޕާލް އަންހެނަކު ޒަޚަމްކޮށްލި މައްސަލާގައި ބަނގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ މިއަދު މެންދުރު ތޫނު އެއްޗަކުން ހަމަލާދީ 21 އަހަރުގެ ނޭޕާލް އަންހެނަކު ޒަޚަމްކޮށްލި މައްސަލައާ ގުޅިގެން ބަނގްލަދޭޝް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކުރީ ޖަހަންގީރު މިއާ (25އ) ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއަދު ހަވީރު އޭނާ ހައްޔަރުކުރީ ސީސީޓީވީ ކެމެރާ ފުޓޭޖް ބަލައިގެންނާއި ތަހުގީގުގެ ތެރެއިން ކުރެވުނު އެހެނިހެން މަސައްކަތްތަކުން އެމީހާ ދެނެގަނެ ލޮކޭޓް ކޮށްގެންކަމަށް ފުލުހުން ވިދާޅުވިއެވެ. ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރީ ހުޅުމާލެ ފޭސް 2 ނެވެ.

މާރާމާރީގައި އަނިޔާވީ ހުޅުމާލެ ފޭސް 1 ގައި މަސައްކަތްކުރާ އަންހެނަކަށެވެ. ފުލުހުންނަށް މައްސަލަ ރިޕޯރޓް ކުރީ ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުން މެންދުރު 12:45 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement