ޑޭޓާއަށް ބިނާވެފައިވާ ޙައްލުތަކެއް ހޯދުމަށް ގޫގުލްއާއެކު މަޝްވަރާ ކޮށްފި

ޑޭޓާއަށް ބިނާވެފައިވާ ޙައްލުތަކެއް ހޯދުމަށް ގޫގުލްއާއެކު މަޝްވަރާ ކޮށްފި

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ނިއުޔޯކްގައި ހުންނަ ގޫގްލްގެ އޮފީހުގައި

20 days ago - 08:51
Advertisement

އެކި ދާއިރާތަކުން ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޑޭޓާއަށް ބިނާވެފައިވާ ޙައްލުތަކެއް ހޯދުމަށް ގޫގުލްއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ނިއުޔޯކުގައި ހުންނަ ގޫގުލްގެ އިސްވެރިންނާއެކު އެކުންފުނީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައެވެ.

ގޫގުލް އޮފީސް ބައްލަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ގޫގުލްގެ ޓީމާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކުރުމާއި ޑިޖިޓަލް ލިޓަރަސީ އަދި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމުގައި ޑޭޓާގެ މައްޗަށް ބިނާވެފައިވާ ޙައްލުތައް ހޯދުންފަދަ ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ ނިއުޔޯކަށް ވަޑައިގެންނެވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement