އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން އައު ޖަނަރޭޓަރެއް ފޮނުވައިފި
އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން ދަނީ މަސައްކަތް ކުރަމުން / ފޮޓޯ: ފެނަކަ

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން އައު ޖަނަރޭޓަރެއް ފޮނުވައިފި

1 day ago - 14:06
Mar 11, 2025 - 14:22
Advertisement
Advertisement

އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން އެއް މެގަވޮޓުގެ އައު ޖަނަރޭޓަރެއް އައްޑޫ ސިޓީއަށް ފޮނުވުމަށް މާލެއިން ފުރުވާލާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ފެނައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޖަނަރޭޓަރު ސެޓްހިފައިގެންދާ އުނޅަދު އައްޑޫ ސިޓީއަށް ބަނދަރުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުކަމަށެވެ. މީގެ އިތުރުން އިންޑިއާއިން 1.8 މެގަވޮޓުގެ ޖަނަރޭޓަރެއްވެސް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ބުނެފައިވެއެވެ.

އައްޑޫ ސިޓީގައި މިހާރު ކަރަންޓު ދެނީ އެކި ގަޑިތަކަށް އެކި ހިސާބުތަކުން ކަރަންޓު ކަނޑާ އުސޫލުންކަމަށާއި، މި މައްސަލަ ދިމާވެފައިވަނީ ގިނަ އިންޖީނުތަކެއް އޯވަހޯލް ނުކޮށް ދިގުލައިގެންދިއުމުން އެ ޖަނަރޭޓަރުތައް ހަލާކުވުމުގެ ސަބަބުންކަމަށް ފެނަކައިން ބުންޏެވެ. 

ފެނަކައިން ބުނެފައިވާ ގޮތުގައި މައްސަލަ ހައްލުކުރުމަށް މެދުނުކެނޑި  ދަނީ މަސައްކަތް ކުރަމުންނެވެ. އޯވަހޯލްކޮށް މަރާމާތުކުރަމުންދާ 1.6 މެގަވޮޓުގެ ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރުގެ މަސައްކަތް ނިންމާ މިހާރު ޚިދުމަތަށް ގެނެސްފައިވާ ކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.

Advertisement
Advertisement

އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާޙް ހިމެނޭހެން ފެނަކައިގެ ޓީމެއްވެސް ވަނީ ދާދިފަހުން އައްޑޫއަށް ޒިޔާރަތްކޮށްފައެވެ.

މީގެ އިތުރުން އައްޑުއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެންބަރުންވެސް ގެންދަވަނީ އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރެއްވުމަށް ވަރަށްބޮޑަށް ވަކާލާތު ކުރައްވަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement