
ސީއެސްސީގެ ނައިބު ރައީސް އިސްތިއުފާދެއްވައިފި
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހީމް ރަޝީދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
އިބްރާހީމް ރަޝީދު މަޤާމުން އިސްތިއުފާދެއްވާފައި މިވަނީ އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފަށާފައިވަނިކޮށެވެ. އެގޮތުން އެ ކޮމިޓީން ވަނީ އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުއްވާފައެވެ.
އިބްރާހީމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ސީއެސްސީން ވަނީ އޭނާ އެ ކޮމިޝަނަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކޮށް ޝުކުރު ދަންނަވައި އެކްސްގައި ޕޯސްޓެއް ކޮށްފައެވެ.
އިބްރާހީމް ރަޝީދު ސީއެސްސީއަށް އައްޔަންކުރެވުނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.
ރިއެކްޝަންސް






