
އެމެރިކާއިން އަޅާ ފިޔަވަޅަކުން އަަހަރެން ނުހުއްޓުވޭނެ: ފްރާންސެސްކާ އަލްބަނީސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އޭނާއާމެދު އަޅާ ފިޔަވަޅެއްގެ ސަބަބުން އޭނާ ނުހުއްޓުވޭނެ ކަމަށާއި, ބައިނަލްއަޤުވާމީ ޤާނޫނުގެ އިންސާފަށް އިޙްތިރާމް ކުޑަނުކުރެވޭނެކަމަށް ހިފާފައިވާ ފަލަޞްޠީނުގެ ބިންތަކަށް ކަނޑައަޅުއްވާފައި ހުންނަވާ އދ ގެ ހާއްސަ ރެޕަޓުއާ ފްރާންސެސްކާ އަލްބަނީސް ވިދާޅުވެއްޖެއެވެ.
އަލްބަނީ ސް ވިދާޅުވެފައި ވަނީ އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް ހަނދާންކޮށްދެނީ "މާފިއާ އިންޓިމިޑޭޝަން ޓެކްނިކް" ތައް ކަމަށާއި, އެފަދަ ކަންކަން މަސައްކަތްކުރާނީ ބިރުދެއްކުވޭ ވަރުގެ މީހުންނަށްކަމަށް ކަމަށެވެ. އަދި އެމެރިކާގެ ބިރުދެއްކުމަށް އޭނާ ފަހަތަށް ނުޖެހޭނެ ކަމަށާއި ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށްވެސް އަލްބަނީސް ބަނީ ވިދާޅުވެފައެވެ.
އެމެރިކާއިން އަލްބަނީސްއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާއިރު އަލްބަނީސް އަކީ އިޒްރާއިލްއިން ފަލަޞްޠީނުގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅާށް އެންމެ ބޮޑަށް އަޑުއުފުލާ ފަރާތެވެ. ދާފީ ފަހުން އަލްބަނީސް ވަނީ އިޒްރާއިލްއިން ޣައްޒާގައި ހިންގާ ޤަތުލްއާންމަށް ފާޅުގައި ވާގިިވެރިވާ ކުންފުނިތަކުގެ ލިސްޓެއްވެސް އދ މެދުވެރިކޮށް އާންމުކޮށްފައެވެ.
އަލްބަނީސް ވިދާޅުވީ އޭނާއަށް އެޅި ފިޔަވަޅަކީ ފަލަޞްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމާ ދެކޮޅަށް އެޅި ފިޔަވަޅެއްކަމަށެވެ. އަދި އެމެރިކާގެ ފިޔަވަޅުތަކާހެދި އޭނާ ހަނު ނުހުންނާނެ ކަމަށާއި އެކަމުގައި އޭނާ ފިނޑިވާނެކަމަށް އެމެރިކާ އުއްމީދުކޮށްގެންވެސް ނުވާނެ ކަމުގައެވެ.
"އަހަރެން ބޭނުން އެންމެނަށް ހަނދާންކޮށްދެން މި ފިޔަވަޅުތަކަކީ އިންސާފު ހުއްޓުވުމުގެ އަމަލެއް ކަމަށް. ރަނގަޅު. އެއީ ތެދެއް އަހަރެން އިޒްރާއިލްއަށް ފާޑުކިޔަން. އިޒްރާއިލްއިން ދަނީ އިންސާނިއްޔަތާ ހިލާފް ޖަރީމާތައް ހިންގާ ޤަތުލްއާންމެއް ހިންގަމުން" އަލްޖަޒީރާއަށް ބުރާސްފަތި ދުވަހު އަލްބަނީސް ބުނެފައި ވެއވެެ.
އަލްބަނިސް އާ ދެކޮޅަށް އެމެރިކާގެ ފިޔަވަޅުތައް އިއުލާންކުރަމުން އެމެރިކާގެ ސެކްރެރެޓަރީ އޮފް ސްޓޭޓް, މާކޯ ރުބިއޯ ބުދަ ދުވަހު ވިދާޅުވެފައިވަނީ އަލްބަނީސް އަންނަނީ އެމެރިކާ އަދި އިޒްރާއިލްއާ ދެކޮޅަށް ސިޔާސީ އަދި އިޤްތިޞާދީ ކެމްޕޭނެއް ކުރަމުންކަމުގައެވެ.
ރިއެކްޝަންސް






