ލޫކާ މޮޑްރިޗް އޭސީ މިލާނަށް ބަދަަލުވާކަން އާ ކޯޗު އެލެގްރީ ކަށަވަރުކޮށްދީފި
ލޫކާ މޮޑްރިޗް އަދި މިލާންގެ އާކޯޗު އެލެގްރީ (ކ)

ލޫކާ މޮޑްރިޗް އޭސީ މިލާނަށް ބަދަަލުވާކަން އާ ކޯޗު އެލެގްރީ ކަށަވަރުކޮށްދީފި

5 hours ago - 11:44
Jul 8, 2025 - 11:51

ރެއާލް މެޑްރިޑްގެ މެދުތެރެއަށް ކުޅޭ ކޮރިއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް އޭސީ މިލާނަށް ބަދަލުވާންއުޅޭކަމަށް ދެކެވޭ ވާހަކަތައް މިލާނުގެ އާ ކޯޗު މަސިމިލިއާނީ އެލެގްރީ ކަށަވަރުކޮށްދީފިއެވެ. ކްލަބް ވޯލްޑްކަޕަށްފަހު މޮޑްރިޗް މިލާން އާ ގުޅޭކަން ކޯޗު އިއުލާންކުރީ އިއްޔެއެވެ.

މީގެ މާނައަކީ މިއާއެކު 39 އަހަރުގެ ކުޅުންތެރިޔާ މިދިޔަ މެއި މަހު އިއުލާންކުރި ގޮތަށް ކްލަބް ވޯލްޑްކަޕާއެކު އޭނާ 13 އަހަރުވަންދެން  ރެއާލްއާއެކު ގަތަމުންދިޔަ ސިލްސިލާއަށް ނިމުންއަންނާނެއެވެ.

"މޮޑްރިޗް އަކީ އާދަޔާހިލާފް ކުޅުންތެރިއެއް. އޭނާ އަންނަމަހު އަހަރެމެންނާ ގުޅޭނެ" އޭސީ މިލާނުގެ އާ ކޯޗުގެ ގޮތުގައި ފުރަތަމަ ފަހަރަށް ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އެލެގްރީ ބުނެފައި ވެއެވެ.

މަސްދަރުތައް ބުނާގޮތުން މިލާން އާއެކު މޮޑްރިޗް ހަދާނީ އިތުރު އަހަރަށް އިތުރުކުރެވޭގޮތަށް ހަދާ އެއްއަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެއީ ބޯނަހާއެކު ސީޒަނަކަށް 3.5 މިލިއަން ޔޫރޯ (4 މިލިއަން އެމެރިކާ ޑޮލަރު) ގެ އަަކަށެވެ.

Advertisement
Advertisement

ބުދަ ދުވަހު ކްލަބް ވޯލްޑްކަޕްގެ ސެމީ ފައިނަލްގައި ރެއާލުން ވާދަކުރާނީ ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީއާއެވެ. ފައިނަލް އޮންނާނީ އާދިއްތަ ދުވަހުއެވެ.

އިޓަލީގެ ކޯޗު އެލެގްރީ އަކީ މީގެ ކުރިންވެސް މިލާނަށް ކޮޗުކޮށްދިން ފަރާތެކެވެ. ދެވަނަ ފަހަރަށް އޭނާ މިލާން އާ މި ގުޅުނީ ފާއިތުވި މެއި މަހު ކްލަބުން ކުރީގެ ކޯޗު ސާޖިއޯ ކޮންސެއިކާއޯ ވަކިކޮށްފައިވަނިކޮށެވެ. 

އާ ސީޒަނާ ކުރިމަތިލާއިރު މިލާންގެ ސްކޮޑަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މިދިޔަ މަހު އެކްލަބަަށް ކުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ތިޖާނީ ރެއިންޑާސް ވަނީ މެންޗެސްޓަރ ސިޓީއަށް ބަދަލުވެފައެވެ. ސައުދީ ޕްރޯލީގުގެ ކްލަބް އަލް-ހިލާލްއަށް ތެއޯ ހެނާންޑޭޒް ބަދަލުވުމުގެ މަގުމަމަތީގައި ވާއިރު އަންނަ ސީޒަނުގައި އޭނާ މިލާންގެ ސްކޮޑުން ނުފެންނާނެކަމަށް އެލެގްރީވެސް ވަނީ ބުނެފައެވެ.

ސެރީއޭ ގެ ކެމްޕެއިން މިލާނުން ފަށާނީ އަންނަ އޯގަސްޓްމަހު 23 ވަނަ ދުވަހުއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކްރެމޮނީސް އާ ދެކޮޅަށެވެ. 

2010-11 ގެ ސިޒަންގައި މިލާން އަށް ސެރީ-އޭ ހޯދައިދިނުމަށް އެހިތެރިވި އެލެގްރީ އެންމެފަހުން ކޯޗުކޮށްދީފައިވަނީ ޔުވެންޓަސްއަށެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow