މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހުކޮށްފި
މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހުކޮށްދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހުކޮށްފި

އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން

11 days ago - 14:49
May 26, 2025 - 14:49
Advertisement
Advertisement

ދިވެހި ހައްޖުވެރިންނަށް ލުއިފަސޭހަކަން ލިބިދޭ މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހުކޮށްފިއެވެ. އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ.

މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިހާހުކުކޮށްދެއްވީ މިއަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ފުރުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސައުދީ ސަރުކާރުގެ ފަރާތުން ވަޑައިގެންނެވި މަތީ ފަންތީގެ ވަފްދުގެ އެހެން ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހުކޮށްދެއްވުމަށްފަހު ފުރަތަމަ ޕާސްޕޯރޓް ހައްޖުވެރިއަކާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ދެވަނަ ޕާސްޕޯރޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

Advertisement
Advertisement

މައްކާ ރޫޓް އިނީޝިއޭޓިވް އަކީ ހައްޖުވެރީން ފުރުމުގެ ކުރީން މައްކާގެ އިމިގްރޭޝަންގެ ކަންކަންވެސް ފުރިހަމަކޮށްގެން ފުރުމުގެ ފުރުޞަތު ލިބޭ ޚާއްޞަ އިމްތިޔާޒު ތަކެކެކެވެ. މިފުރުޞަތުގެ ދަށުން ރާއްޖެއިން ހައްޖަށް ވަޑައިގަންނަވާ ބޭފުޅުންނަށް މައްކާއިން ސައުދީ ސަރުކާރުން މަރުހަބާ ދަންނަވާ އިސްތިޤްބާލުކުރައްވާނެއެވެ. އަދި އިމިގްރޭޝަންގެ ކަންކަމާއި, ލަގެޖް ހޯދުމަށް އެއަޕޯރޓްގައި މަޑުކުރާކަށް ނުޖެހޭނެއެވެ. ހައްޖުވެރީން ލަގެޖާ ހަވާލުވާނީ ހޮޓަލުންނެވެ.

ރާއްޖޭގެ ހައްޖުވެރީންގެ ފުރަތަމަ ގްރޫޕްގައި މިއަދު ފުރީ 234 ހައްޖުވެރީންނެވެ. ހައްޖުވެރީން މައްކާއަށް ދަތުރުކުރާނީ 4 ފްލައިޓެއްގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement