
ރިސޯރޓަކުން ކެނޯއެއްގައި ނިކުއިން ޒުވާނަކުވެސް ގެއްލިގެން ހޯދަނީ
ރިސޯރޓަކުން ކެނޯއެއްގައި ނިކުއިން ޒުވާނަކުވެސް ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަނީ މިއަދު ހަވީރު ރ.އަތޮޅު ރިސޯރޓަކުން ކެނޯއެއްގައި ނިކުއިން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ ހަވީރު ކެނޯގައި ނިކުއިން ޒުވާނާ ގެއްލިގެން ރިޕޯރޓްކުރީ މިރޭ 8:43 ހާއިރު ކަމަށެވެ. ގެއްކުނީ ރިސޯރޓް މުވައްޒަފެކެވެ. އެކަމަކު އެއީ ކޮން ރިސޯރޓެއްގެ މުވައްޒަފެއް ކަމެއް ފުލުހުން ނުބުނެއެވެ.
ކައިރި ރިސޯރޓްތަކާއި ފުލުހުން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ގދ.އަތޮޅުން ޑިންގީއެއްގައި ނިކުއިން 75 އަހަރުގެ މީހަކު ގެއްލިގެންވެސް ދަނީ ހޯދަމުންނެވެ.
ރިއެކްޝަންސް






