ޙައްޖު އޮޕަރޭޝަންގެ އެންމެ ބޮޑު ކާމިޔާބީއަކީ ދިވެހި ޙައްޖާޖީންނަށް ޢަރަފާތް ފުރިހަމައަށް ލިބުން: ޑރ.ޝަހީމް
ވަޒީރު ޝަހީމް މިނާގައި ހުންނަ ދިވެހިފޭލިގެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން /ފޮޓޯ: މިނިސްޓްރީ

ޙައްޖު އޮޕަރޭޝަންގެ އެންމެ ބޮޑު ކާމިޔާބީއަކީ ދިވެހި ޙައްޖާޖީންނަށް ޢަރަފާތް ފުރިހަމައަށް ލިބުން: ޑރ.ޝަހީމް

4 hours ago - 11:26
Jun 8, 2025 - 11:29
Advertisement
Advertisement

މިއަހަރުގެ ޙައްޖު އޮޕަރޭޝަންގެ އެންމެ ބޮޑު ކާމިޔާބީއަކީ ދިވެހި ޙައްޖާޖީންނަށް ޢަރަފާތުގެ އެންމެ ވަގުތުކޮޅެއްވެސް ނުގެއްލި ލިބުން ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މިނާގައި ދިވެހި ޙައްޖާޖީން ތިބޭ ފޭލިގެއަށް ކުރެއްވި ޒިޔާރަތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ. ކުރީގެ އަހަރުތަކާ ޚިލާފަށް، މިއަހަރު ހުރިހާ ދިވެހި ޙައްޖާޖީންނަށްވެސް ޢަރަފާތުގެ މުޅި ވަގުތު ލިބުނުކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ހެނދުނުން ފެށިގެން އިރުއޮއްސެންދެން ޢަރަފާތުގައި ހޭދަކުރުމުގެ ފުރުޞަތު ލިބުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޙައްޖު ކޯޕަރޭޝަނުން މިކަމަށް ކުރި މަސައްކަތްތައް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ކާމިޔާބީއެއް ކަމަށް ވިދާޅުވިއެވެ. ޢަރަފާތަކީ ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާތީ، މިކަމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ޙައްޖާޖީންގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުން ތިބިނަމަވެސް، އެމީހުންގެ ފަރާތުން އަޅުކަމަށް އޮތް އިޚްލާޞްތެރިކަމާއި ރޫޙު ފެނިފައިވާ ކަމަށެވެ. މިއީ މިފަދަ މަތިވެރި އަޅުކަމަކުން ފެންނަންޖެހޭނެ ކަންކަން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement