
ފިއްލަދޫ މަގުތައް ޒަމާނީ ފެންވަރަށް ހަދަން އާރުޑީދީއާ ހަވާލުކޮށްފި
ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެނެވަރަށް ތަރައްޤީ ކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
މިމަސައްކަތައް އާރުޑީސީއާ ހަވާލުކުރީ 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މަސައްކަތުގެ އަގަކީ 77.1 މިލިއަން ރުފިޔާއެވެ. އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދުއެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އެވެ.
ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ވައުދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަނީ ވެވަޑައިގެންފައެވެ. އަދި ބައެއް ރަށްތަކުގެ މަސައްކަތް ވަނީ ހަވާލުކުރައްވާފައެވެ.
ރިއެކްޝަންސް






